އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޏ. އަތޮޅު ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓް ރަސްމީކޮށް ހުޅުވައިފި

ޏ. އަތޮޅު ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓް ރަސްމީކޮށް ހުޅުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، ޏ. އަތޮޅު ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓް ރަސްމީގޮތުން މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

ޏ. އަތޮޅު ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓު އިފްތިތާޙްކޮށްދެއްވައި ރައީސުލްޖުމްހުރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނަށް އެންމެ މުހިންމުވާކަންކަން ފަހިކޮށްދެއްވުމަށް ސަރުކާރުން ވަރަށްބޮޑު އަހައްމިޔަތުކަމެއް ދެއްވާކަމަށާ އަދި ވަކިން ޚާއްޞަކޮށް ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް މިހާރުވެސް ބޮޑު ހޭދައެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިފަދަ އައު ޚިދުމަތްތައް ތަޢާރަފުކުރުމުގެ އިތުރުން ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ދުރާލާ ފިޔަވަޅު އެޅުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު  ވަނީ ޏ. އަތޮޅު ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކާ ހިނިތުންވުމާއެކު މުއާމަލާތްކުރުމަށާއި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ހޮސްޕިޓަލުގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޑަޔަލިސިސް ޔުނިޓު އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޑަޔަލިސިސް ޔުނިޓާ ހޮސްޕިޓަލުގެ ބައެއް ތަންތަން ބައްލަވާލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް އައިސްތިބި ބައެއް އާންމުފަރާތްތަކާ ވެސް ބައްދަލުކުރައްވާފައެވެ.

ޏ. އަތޮޅު ހޮސްޕިޓަލުގައި މިއަދު އިފްތިތާޙްކުރި ޑަޔަލިސިސް ޔުނިޓުގައި އެއްފަހަރާ ތިން ބަލިމީހުންނަށް ޑަޔަލިސިސް ހެދޭވަރަށް ވަޞީލަތްތައް ޤާއިމު ކޮށްފައިވެއެވެ. އަދި ޏ. އަތޮޅު ހޮސްޕިޓަލަކީ މީހާރުވެސް ދުވާލަކު އެވްރެޖުކޮށް 150 އާއި 200 އާއި ދެމެދުގެ ޢަދަދެއްގެ މީހުން ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.

ޏ. އަތޮޅު ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓް އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތަށްފަހު އެމަނިކުފާނު ވަނީ ފުވައްމުލަކުގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި ފުވައްމުލަކުގެ މަގުހަދާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެމަސައްކަތް ކުރިޔަށްދާގޮތް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު