އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު އޮތް ގުޅުން ބަދަހިކުރުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު އޮތް ގުޅުން ބަދަހިކުރުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، އެމެރިކާގެ ނިއުޔޯކަށް މިއަހަރު ކުރެއްވި ދަތުރުފުޅުގައި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުމުގައިވާ ކަންތައްތައް ކުރިޔަށްގެންދިޔުމުގައި ކަންކުރަންވީ އެންމެ ރަނގަޅު އުޞޫލުތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ސަރުކާރާއި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ބާއްވާ މަސައްކަތު ބައްދަލުވުމެއް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފަށްޓަވައިފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ރާއްޖެއާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން ގުޅިގެން ދެމެހެއްޓިނިވި ދުރު ރާސްތާ ޕްރޮގްރާމެއް އެކަށައެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގާނީ ކަނޑުފަޅުގެ މާޙައުލާއި، އެ މާޙައުލުގެ ދިރުންތަކަށް ބުރޫ ނާރާ އަދި ދެމެހެއްޓެނިވި އަދި ރައްކާތެރިކޮށްކަން ކަށަވަރުކޮށްގެން ކަމުގައި ބަޔާންކޮށްފައިވެއެވެ.

މި ހިނގާ ޑިސެންބަރު މަހުގެ 12 އިން 15 އަށް ކުރިޔަށް ގެންދާ ދެ ދުވަހުގެ މި މަސައްކަތު ބައްދަލުވުމުގައި ކަމާގުޅޭ ދާއިރާގެ ޙިއްޞާދާރުންގެ ޚިޔާލު ޙިއްޞާކުރުމަށް އެފަރާތްތަކަށް ވަނީ ދަޢުވަތުދެއްވާފައެވެ. މި އެއްބަސްވުމުގައިވާގޮތައް ކަނޑުތަކާބެހޭ ދިރާސާތައްކުރުމަށާއި، ކަނޑުފަޅުގެ ބައެއް ސަރަޙައްދުތައް ރައްކާތެރިކުރުމަށާއި، މެރިޓައިމް ސްޕޭޝާލް ޕްލޭނެއް އެކުލަވާލުން ހިމެނެއެވެ.

މި ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ފިޝަރީޒާއި މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރާއި މެރިން ރިސަރޗް އިންސްޓިޓިއުޓާއި ލޯކަލް ގަވަރންމަންޓް އޮތޯރިޓީއާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޮތޯރިޓީއާއި ވެއިޓް އިންސްޓިޓިއުޓާއި ޕާޓްނަރޝިޕް އޯގަނައިޒޭޝަނާއި ސްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝަނޮލޮޖީއާއި ޕްރިސްޓިން ސީސްއާއި ނެކްޓަން އިން ބައިވެރިވެފައިވެއެވެ.

ބްލޫ ޕްރޮސްޕެރިޓީ ފައުންޑޭޝަނުގެ މައިގަނޑު މަޤުޞަދަކީ އެ ޖަމާޢަތުގައި ބައިވެރިވެފައިވާ ޤައުމުތަކުން ގުޅިގެން ދުނިޔޭގެ ކަނޑުތައް ރައްކާތެރި ކުރުމެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު