އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ގިނަ ފައިސާ ހޭދަކުރި ނަމަވެސް ހިނިތުންވާން ނުއެނގޭ ފިރިއަކަށް އަނބިމީހާގެ ލޯތްބެއް ނުލިބޭނެ!

ކިތަންމެ ގިނަ ފައިސާ ހޭދަކުރި ނަމަވެސް ހިނިތުންވާން ނުއެނގޭ ފިރިއަކަށް އަނބިމީހާގެ ލޯތްބެއް ނުލިބޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 2 ސިކުންތު

އެނގޭ ހެއްޔެވެ؟ މީހުންނަށް ކިތަންމެ ގިނައިން ފައިސާ ބެހި ނަމަވެސް މީހުންގެ ލޯތްބެއް ނުލިބޭނެއެވެ. އެހެނީ ފައިސާ ބެހުމުން ލޯބިވާނީ ބަހާ މީހާ ދެކެއެއް ނޫނެވެ. ބަހާ ފައިސާ ދެކެއެވެ. ނަމަވެސް ހިތްހެޔޮކަމާއިއެކު ހިނިތުންވާ މިހާއަށް މީސްތަކުންގެ ލޯބިދާނީ ލިބެމުންނެވެ.

މިކަމުގެ ކުޑަކުޑަ މިސާލެއް ވެސް ބުނެފާނަމެވެ. ބައެއް ފުދުންތެރިން އެމީހުންގެ އަނބިންނަށް އިންތިހާއަށް ޚަރަދުކުރެއެވެ. ހިތަށް އެރިހައި ކަމެއް ކޮށްދެއެވެ. ނަމަވެސް ހިނިތުންވާން ނުއެނގޭނަމަ އަނބިމީހާގެ ވެސް ޙަޤީޤީ ލޯތްބެއް ނުލިބޭނެއެވެ! ލިބޭނީ ފޯރުކޮށްދޭ ފައިސާގެ ލޯތްބެވެ!

މިވާހަކަ މިހައި ޔަޤީންކަމާއިއެކު މިބުނަނީ އަހަރެންނާއި ބައްދަލުވި މިފަދަ އެއްވެސް އަންހެނަކު މިނޫން ގޮތަކަށް ނުބުނާތީއެވެ. އެދޭހައި ކަމެއް ކޮށްދޭނަމަ ފިރިމީހާ "އޯކޭ" ކަމަށް ބުނާ އަންހެނުން ތިބެއެވެ. ނަމަވެސް ދިރިއުޅެނީ އުފަލުގައި ކަމަކަށް އެއްބަހެއް ނުވެއެވެ. ދިރިއުޅެނީ ހިތްހަމަޖެހުން ލިބިގެން ކަމަކަށްވެސް އެއްބަހެއް ނުވެއެވެ.

އެއިގެ ބަދަލުގައި ކިތަންމެ ފަޤީރު ނަމަވެސް ހިނިތުންވުމާއި ދިރިއުޅެމުންދާ ދެމަފިރިންގެ މެދުގައި އޮންނަ ލޯބި އިންތިހާއަށް ވަރުގަދައެވެ. ދިރިއުޅެނީވެސް އުފަލުގައެވެ.

ވީމާ މިކަންކަމަށް ވިސްނައިފިނަމަ ހިނިތުންވުމަކީ އަތުން ފައިސާ ޚަރަދުކުރަން ނެޖެހޭ، އެހެނަސް ޞަދަޤާތެއް ކަމުގައި ﷲ ތަޢާލާ ލައްވަވާފައިވާ ސަބަބު މިއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް