އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުލައިމާނުގެފާނުގެ ދުޢާ ގިނަގިނައިން ކުރާށެވެ!

ސުލައިމާނުގެފާނުގެ ދުޢާ ގިނަގިނައިން ކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 45 ސިކުންތު

ސުލައިމާންގެފާނު ކުރެއްވެވި ދުޢާ ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ. އެ ދުޢާ އަކީ އަހަރެމެން ގިނަގިނައިން ކުރަންވީ ދުޢާއެކެވެ. އަހަރެމެންނާއި އަހަރެމެންގެ މައިންބަފައިންނަށްޓަކައި ގިނަގިނައިން ދުޢާކުރަން ޖެހޭނެއެވެ. އަލް ނަމްލް ސޫރަތުގެ 19 ވަނަ އާޔަތުގައި އެވަނީ ސުލައިމާނުގެފާނު ކުރެއްވެވި ދުޢާއެވެ.

"(ދެން ލަޝްކަރާއިގެން) ހިނީގެ ވާދީ އަށް ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު ހިންޏެއް ބުންޏެވެ. އޭ ހިނިތަކާއެވެ! ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! (އެއީ) ނޭނގިތިބެ، ސުލައިމާންގެފާނާއި، އެކަލޭގެފާނުގެ ލަޝްކަރު ކަލޭމެން ފިސްފިސް ނުކުރުމަށްޓަކައެވެ.  

ފަހެ (ސުލައިމާންގެފާނު) އެ ހިނި ބުނިވާހަކަ އައްސަވައި ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢްމަތަށް ޝުކުރުކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙް ޢަމަލު ކުރުމަށް މިއަޅާއަށް އިލްހާމް ކުރައްވަވާނދޭވެ! އަދި އިބަރަސްކަލާނގެ ރަޙްމަތްފުޅުން، އިބަރަސްކަލާނގެ ޞާލިޙްއަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!" (އަލް ނަމްލް: 18،19) 

އަހަރެމެންނަށް އޮތީ ޞާލިޙް އަމަލުތައް ކުރުން ގިނަކުރުމެވެ. ވީމާ " އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙް ޢަމަލު ކުރުމަށް މިއަޅާއަށް އިލްހާމް ކޮށްދެއްވެވުން" އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ.

18 ވަނަ ޢާޔަތް މިބަޔާންކުރީ 19 ވަނަ ޢާޔަތާއި ގުޅުން ހުރެފައިމެ އަދި އިތުރު ސަބަބެއްވެސް އޮތުމުންނެވެ. 18 ވަނަ އާޔަތުގައިވާ އެ ހިނި އޭނާގެ އަޚުންގެ ސަލާމަތާއި ރައްކައުތެރިކަމަށް އެވަނީ އެދިފައެވެ. އެކަމަށް މަސައްކަތްކޮށްފައެވެ. ސުވާލަކީ މިއަދު އަހަރެމެން އިންސާނުންގެ ކިބައިގައި އެ ރަހްމާއި ކުލުނު އެބަހުރިހެއްޔެވެ؟ ކާފިރުންގެ ކުރިމަތީގައި އިނދަ ޖެހެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ އެ ރަހްމާއި ކުލުނު ނެތުން ނޫން ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް