އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަގަނޑު ސޫކީ އދގެ ފަނޑިޔާރުންނަށް އިންޒާރުދީފި

ދަގަނޑު ސޫކީ އދގެ ފަނޑިޔާރުންނަށް އިންޒާރުދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 33 މިނެޓް, 46 ސިކުންތު

ރޮހިންޔާގެ 3 މިލިއަން މުސްލިމުންނަށް ލާއިންސާނީ ޖަރީމާތައް ހިންގި މައްސަލަ ބައިނަލްއަޤްވާމީ ކޯޓުގައި ބަލަމުންގެންދާ އދގެ ފަނޑިޔާރުންނަށް ދަގަނޑު ސޫކީ އިންޒާރުދީފިއެވެ. 

ދަގަނޑު ސޫކީ ބުނީ އެ މައްސަލައިގައި މިޔަންމާ ކުށްވެރިކޮށްފިނަމަ ކުރިމަތިވާނެ މައްސަލަތައް މިހާރު މާބޮޑުވާނެ ކަމަށާއި މިހާރު ކުރިއަށް ދަނީ ތަފާތު ނަސްލްތައް އެކުވެރިވުމުގެ މަރުޙަލާ ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުރާ ދައުވާ ކޯޓުން ބޭރުކޮށްލަން ގޮވާލާ ކަމަށެވެ. އަދި ބުއްދީގެ ބޭނުންކުރަންވެސް ދަގަނޑު ސޫކީ ވަނީ ފަނޑިޔާރުންނަށް ގޮވާލާފައެވެ. 

ދަގަނޑު ސޫކީގެ ވެރިކަމުގައި އެތައް ސަތޭކަ ރޮހިންޔާ މުސްލިމުން ވަނީ ދިރި ތިއްބައި އަނދާލައިފައެވެ. މީގެ އިތުރުންވެސް ބޮޑެތި ޖަރީމާތައް ހިންގައި އެތައް ބައިވަރު ޤަތުލު ޢާންމުތައް ވެސް ވަނީ ހިންގައިފައެވެ.

ދަގަނޑު ސޫކީ ބަންދުކޮށްފައި ހުރިއިރު އޭނާ މިނިވަންކުރަން ރާއްޖެއިން ރައީސް ނަޝީދު ވަނީ އަޑު އުފުއްލަވައިފައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް