އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަސްރީނާ ހިމަނައިގެން އެމްއާރްއެމްގެ މަޝްވަރާ ކޮމެޓި އުފައްދައިފި!

ނަސްރީނާ ހިމަނައިގެން އެމްއާރްއެމްގެ މަޝްވަރާ ކޮމެޓި އުފައްދައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ކުރީގެ ފަސްޓްލޭޑީ ނަސްރީނާ އިބްރާހިމް ހިމަނައިގެން މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގެ މަޝްވަރާ ކޮމެޓީ އެކުލަވާލައިފިއެވެ. މިކޮމިޓީގައި މެޑަމް ނަސްރީނާގެ އިތުރުން 11 ބޭފުޅުން ހިމެނެއެވެ.

އެމްއާރްއެމްގެ މަޝްވަރާ ކޮމެޓީގެ މައިގަނޑު މަސައްކަތަކީ ޕާޓީ ކުރިއަރުވާ ތަރައްޤީ ކުރުމުގައި، އެޕާޓީގެ ރައީސަށް ލަފާދެއްވާ މަޝްވަރާ އެރުވުމެވެ.

ނަސްރީނާގެ އިތުރުން މިކޮމެޓީގައި ހިމެނެނީ އައްބާސް އިބްރާއިމް، އުމަރު ޒާހިރު، ރަހީމާ އާދަމް، މުޙައްމަދު ޒުހައިރު، ވަފާ ވަހީދު މުޙައްމަދު، ފިލްމީތަރި ނިއުމާ މުޙައްމަދު، އާއިޝަތު ޝިހާމާ، މޫމިނާ އާދަމް، އަލީ ސްޒައިން، އިސްމާއިލް މާޖިދު ގެ އިތުރުން މުޙައްމަދު އަފީފު ޙުސެއިން އެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރްއެމް ރެޖިސްޓްރީ ކުރީ 20 ނޮވެމްބަރ 2019 ގައެވެ. އެމަހުގެ 8 ވަނަ ދުވަހު އެމްއާރްއެމް އުފައްދާފައިވާއިރު، ޕާޓީ ރެޖިސްޓްރީ ކުރި ކަމުގެ ލިޔުން އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ހަވާލުކޮށްފައިވަނީ ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހުއެވެ.

އެ ޕާޓީގެ ފައުންޑާ މެމްބަރު ކަމަށް ޔުމްނާ މައުމޫނު ހަމަޖައްސާފައިވާ އިރު ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަބްދުލް އަލީމު ވަނީ ހަމަޖައްސާފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ