އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޯޓުތަކުގައި ނުނިމި ލަސްވާ މައްސަލަތައް މުރާޖައާ ކުރަން ޕީޖީ އޮފީހަށް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފި!

ކޯޓުތަކުގައި ނުނިމި ލަސްވާ މައްސަލަތައް މުރާޖައާ ކުރަން ޕީޖީ އޮފީހަށް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

މިހާތަނަށް ދައުވާ ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ކޯޓުތަކުގައި ނުނިމި ލަސްވެފައިވާ މައްސަލަތައް އަލުން މުރާޖައާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުވާ ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތުހުމަތު ކުރެވިފައިވާ މީހުންގެ ކުށެއް ނުވަތަ އިހުމާލެއް ނެތި ނުނިމި ލަސްވެފައި ހުރި މައްސަލަތައް ވެސް ރިވިއު ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރެއަށް މިހާރު އިތުރު ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމާއި ގުޅިގެން ޕީޖީ އޮފީހަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އޮފީހުގެ އަތޮޅުތެރޭގެ ބިއުރޯތަކާއި އެއޮފީހުގެ ވެބްސައިޓުން ވެސް ލިބޭނެ ކަމަށް އެބަޔާނުގައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ