އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައުލަތުގެ ބަޖެޓުގަ މުނި ފޫހިފިލުވާނެ ފައިސާ ނެތިގެން މަޖިލީހުގެ ރައީސް ކަންބޮޑުވުން ފައުޅުކުރައްވައިފި

ދައުލަތުގެ ބަޖެޓުގަ މުނި ފޫހިފިލުވާނެ ފައިސާ ނެތިގެން މަޖިލީހުގެ ރައީސް ކަންބޮޑުވުން ފައުޅުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

2020 އަށް ދައުލަތުން ފާސްކުރި 37 މިލިއަން ރުފިޔާގެ ބަޖެޓުގައި މިޔުޒިކާއި މުނިފޫހިފިލުވަން ޚަރަދުކުރާނެ ފައިސާ ހިމަނާފައި ނުވަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވެވަޑައިގެން ސުވާލުކުރައްވައިފިއެވެ.  

ރައީސް ނަޝީދު މި ސުވާލު ކުރެއްވީ ކްރޮސް ރޯޑްސްގައި ކައުންސިލަރުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މަހާސިންތާގެ ތެރެއިން ބޭއްވުނު ސެޝަނެއްގައެވެ. އެއީ ރާއްޖޭގައި ހަރުކަށި ފިކުރު އިތުރުވާ މައްސަލަ އާއި ގުޅިގެން މައުލޫމާތު ދިނުމަށް ސަލާމަތީ ބާރުތަކާއި ބައެއް މުއައްސަސާތައް ގުޅިގެން ބޭއްވި ބައްދަލުވުމުގައެވެ. 

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްވި މައުލޫމާތުން ވެސް ދިވެހި 400 އަނބިން ސީރިޔާގައި ހަށިވިއްކާ ކަމަށް ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅާއި ދިމާކުރެވޭނެ އެއްވެސް ގޮތެއް ނުވިއެވެ. 

ސީޕީ ހަމީދު ވިދާޅުވީ ސީރިޔާއަށާއި އިރާޤަށް ރާއްޖެއިން 173 މީހަކު އެކި އަހަރުތަކުގައި ގޮސްފައިވާކަން ތަފާސް ހިސާބުތަކުން އެނގޭ ކަމަށެވެ. މި 173 ހިމެނޭ ޢަދަކީ ކުޑަކުދިންނާއި އަންހެނުން ވެސް ހިމަނައިގެން ހޯދާފައިވާ ޢަދަދެކެވެ. މާނައަކީ ހަނގުރާމައަށް ދިއަ މީހުންނާއި އެމީހުންގެ އަނބިދަރިން ހިމެނޭ ޖުމުލައެވެ.  

މިފަދަ ހުރިހާ މައުލޫމާތަކުންވެސް އެނގިގެންދަނީ ރާއްޖޭގެ 400 އަނބިން ސީރިޔާގައި ހަށިވިއްކަމުންދާކަމަށް ވިދާޅުވެ ރައީސް ނަޝީދު ހައްދަވަމުން ގެންދަވަނީ ހަމަ ބޮޑު އިތުރުފުޅެއް ކަމެވެ. އަބަދުވެސް އިސްލާމް ދީނާއި ގުޅުން ހުންނަ ކަންކަމުގައި ރައީސް ނަޝީދު ދޮގު މައުލޫމާތު ދެއްވާ ސަބަބު އެނގިފައެއް ނުވެއެވެ. ނަމަވެސް އިސްލާމް ދީނާއި ބީރައްޓެހި ވާހަކަ ދައްކަން ބޭރުގެ ޖަމާއަތްތަކުންނާއި ފަރުދުން ފައިސާ ދޭކަމަށް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް