އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯ އިން މިކުރި ކަމަކީ ކުލަލާން ބޭރު މީހުންނަށް ދޭ ފައިސާ, އެކަން ކުރަން ޤާބިލް ދިވެހިންނަށް ދިނުން!: އަމްރު

އެސްޓީއޯ އިން މިކުރި ކަމަކީ ކުލަލާން ބޭރު މީހުންނަށް ދޭ ފައިސާ, އެކަން ކުރަން ޤާބިލް ދިވެހިންނަށް ދިނުން!: އަމްރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

އެސްޓީއޯ އިން އެތެރެކޮށް މާކެޓް ކުރާ ނިޕޮން ކުލަ ގަތުމުން ގޭގޭގައި ކުލަ ލައިދިނުމުގެ ޚިދުމަތް އެސްޓީއޯ އިން ދޭން ފެށުމުން އެ ފައިސާ އަކީ އެކަން ކުރުމުގެ ތަޖުރިބާ ހުރި ދިވެހިންނަށް ލިބިގެންދާ ފައިސާ ކަމަށް އެސްޓީއޯގެ މެނޭޖިންގހ ޑިރެކްޓަރ ޙުސައިން ޢަމްރް ވިދާޅުވެއްޖެއެވެ.  

"މިހާރު ކަން ހިނގާ ގޮތް: ކޮޓަރީގަ ކުލަލާންވެގެން ކުލަދަޅެއް ގަނެގެން އައިސް ބޭރު މީހުން ހޯދައިގެން ކުލަ ލެވެނީ 

އެސްޓީއޯ ކުރި ކަންތައް: ދިވެހި ކުލަ ލާ ގްރޫޕަކަށް ނިޕޮން ކުންފުނިން ކުލަލާން ދަސްކޮށްދީ، މީހަކު ކުލަ ގަތުމުން، ކުލަލާ ގްރޫޕަށް މަސައްކަތް ލިބޭނެ އިންތިޒާމް ހަމަޖެއްސީ" 

އެސްޓީއޯ އިން ނިޕޮން ކުލަ ގަތުމުން ހިލޭ ކުލަލައިދޭ ވާހަކަ ބުނުމުން ހަޤީޤަތް ނުއެނގިތިބެ އިއްޔެ ގިނަ ބައަކު ވަނީ އެސްޓީއޯއަށް ފާޑުކިޔައިފައެވެ. ކުލަލައިދިނުން ފަދަ އާދައިގެ މަސައްކަތް އެސްޓީއޯ އިން ކުރަނީ ކަމަށް ބުނެއެވެ. 

އެސްޓީއޯއަކީވެސް ވިޔަފާރި ކުންފުންޏަކަށްވާއިރު ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައްވެސް ވަރަށް ގިނައެވެ. އަދި މިހާރު ވެސް ބައެއް ޚިދުމަތްތައް ގެންދަނީ ފޯރުކޮށްދެމުންނެވެ. އެސްޓީއޯ އިން ގަންނަ ބާވަތްތައް ރިޕެއަރކޮށްދެއެވެ. އޭސީ ގަތުމުން ހަރުކޮށްދީ ސަރވިސްކޮށްދެއެވެ. މި ޚިދުމަތްތައް ދެމުން ގެންދާތާ އެތައް އަހަރެއް ވެއްޖެއެވެ. މިކަންކަމަކީވެސް ހަމަ އަމިއްލަ މީހުން ވެސް ކުރާ ކަންކަމެވެ. ނަމަވެސް އެކަކުވެސް ކަންބޮޑުވެގެނެއް ނުއުޅެއެވެ. 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު