އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސްލިމުން ނިކަމެތި ކުރި ޤާނާނާ ދެކޮޅަށް އިންޑިއާގަ މުޒާހަރާކުރުން ހުއްޓުވި ނަމަވެސް ދުނިޔޭގަ ބާރަށް ކުރިއަށް!

މުސްލިމުން ނިކަމެތި ކުރި ޤާނާނާ ދެކޮޅަށް އިންޑިއާގަ މުޒާހަރާކުރުން ހުއްޓުވި ނަމަވެސް ދުނިޔޭގަ ބާރަށް ކުރިއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

އިންޑިއާއިން ހިންދޫ ދީން ފިޔަވައި އެހެން ހުރިހާ ދީންތަކެއް ނެތިކޮށްލެވެންދެން ތަފާތު ނަންނަމުގައި ބީޖޭޕީން ހިންގާ ޓެރަރިޒަމްގެ އަމަލުތައް ކުރިއަށް ގެންދާނެއެވެ. ކޮންމެ ދީނަކަށް އަމާޒުކޮށްގެން ހިންގާ ޙަރަކާތަކަށް ވެސް އައު ނަމެއް ދޭނެއެވެ. އެއީ ކުރިން ހިންގި ޖަރީމާތަކުގެ ހަނދާންތައް ނެތިކޮށްލުމަށެވެ. މިއަދު ކަޝްމީރު އެވެ. މާދަމާ ޕަންޖާބެވެ. މި އަނިޔާވެރިކަމަކުން ފަސޭހަ ގޮތަކުން އަހަރެމެން ސަލާމަތެއް ނުވާނެއެވެ. 

އަހަރެން މިދެނީ ދީނީ ތަޤްރީރެއް ނޫނެވެ. ނަމަވެސް އަހަރެމެން އެންމެންނަކީ "ގޯޑް" އުފައްދަވާފައިވާ އިންސާނުންގެ ދަރިފަސްކޮޅެވެ. އެދަރިފަސްކޮޅުން އުފަންވެފައިވާ މީހުންނެވެ. ދުނިޔެ މިދަނީ "ޔުނިވަރސަލް ސިޓިޒަންޝިޕް" ދެމުންނެވެ. އެހެންވެ ކަޝްމީރުގެ މީހުންވެސް އަހަރެމެން ޕަންޖާބުގެ މީހުންވެސް މިތިބީ އެމެރިކާގައެވެ. ނަމަވެސް އިންޑިއާ ދަނީ ދުވަހެއް ދުވަހަކަށް ފަހަތަށް ޖެހެމުންނެވެ. 

ލިބެމުން އަންނަ އަނިޔާއެއްގެ ސަބަބުން ނަމަވެސް މުސްލިމުންނާއި ސިކުންގެ ގުޅުން ބަދަހިވެގެން ދިއަކަމާއިމެދު ވަރަށް ބޮޑަށް އުފާކުރަމެވެ. 

އެމެރިކާގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންކޮޅެއް އިންޑިއާ ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ބޭއްވި އެއްވުމެއްގެ ތެރެއިން ވާހަކަ ދެއްކި ޕަންޖާބް (ސިކް) އަންހެނެއްގެ ވާހައިން 

ރާއްޖޭގައި އެއްވެ އުޅުމުގެ ޙައްޤާއި ޑިމޮކްރަސީ ނެތިގެން ކަންބޮޑުވާ އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި މިހާރުވެސް ވަނީ މުސްލިމުން ނިކަމެތިކުރަން ފާސްކުރި ޤާނޫނާއި ދެކޮޅަށް މުޒާހަރާކުރުން މަނާކޮށްފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް