އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުތަނަވަސް ވަނީތަ؟ ފޭސްބުކްގެ ސަބަބުންވާ ކަމަކަށް ވެދާނެ!

ނުތަނަވަސް ވަނީތަ؟ ފޭސްބުކްގެ ސަބަބުންވާ ކަމަކަށް ވެދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 6 ސިކުންތު

ހިތްހަމަ ނުޖެހި، ނުތަނަވަސްވެ، ހަމަ ވާނުވާ ނޭނގި ދެރަވާ ގޮތް ވޭތަ؟ ފޭސްބުކް އާއި ދުވަސްކޮޅަކަށް ދުރަށް ޖެހިލުމުން މިކަންކަމުން ސަލާމަތް ވެވޭނެ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

ދިރާސާތަކުން ބުނެފައިވަނީ ސޯޝަލް ނެޓްވޯކެއް ކަމަށްވާ ‘ފޭސްބުކް’ މާގިނައިން ބޭނުން ކުރުމަކީ، އިންސާނާއަށް ނަފްސާނީ ގޮތުން ވަރަށް ގިނަ ގެއްލުންތަކެއް މެދުވެރިވާ އަދި ދިރިއުޅުމާއި މެދު ކޮންމެވެސް ވަރަކަށް ފޫހި ކުރުވާ، ކަަމެއް ކަމުގައެވެ. އެހެންކަމުން ފޭސްބުކް ބޭނުން ކުރާވަރު ލިމިޓް ކޮށްލުން ނުވަތަ ދުވަސްކޮޅަކަށް ފޭސްބުކް އާއި ދުރަށް ޖެހިލުން ރަނގަޅު ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.

ސައިބަރސައިކޮލޮޖީ، ބިހޭވިއަރ އެންޑް ސޯޝަލް ނެޓްވޯކިންގްގައި ޝާއިއު ކޮށްފައިވަނީ، ފޭސްބުކް އާއި ދުރަށް ޖެހިލުމުން ދިރިއުޅުމާއި މެދު ތަންކޮޅެއް ޕޮޒިޓިވްކޮށް ވިސްނި، ކަންކަމާއި ކުރިމަތިލާން ހިތްވަރުވެސް ލިބޭނެ ކަމަށެވެ.

މިކަން ދިރާސާ ކުރުމަށް ޑެންމާކް ގެ ޔުނިވަރސިޓީ އޮފް ކޮޕެންހެގަން އިން މޯޓެން ޓްރޮމްހޯލްޓް ވަނީ އެކްސްޕެރިމެންޓެއް ކޮށްފައެވެ. މި އެކްސްޕެރިމެންޓުގައި 1000 އެއްހައި މީހުން އޭނާ ވަނީ ބައިވެރި ކޮށްފައެވެ. އަދި ދެ ގްރޫޕަކަށް ބެހުމަށްފަހު، އެއް ގްރޫޕްގެ މީހުންގާތު އޭނާ ބުނީ ހަފްތާއެއް ވަންދެން ފޭސްބުކް ބޭނުން ނުކުރުމަށެވެ. އަނެއް ގްރޫޕުގެ މީހުން ހަމަ އާދައިގެ މަތިން ފޭސްބުކް ބޭނުން ކުރަން އޭނާ އެދުނެވެ.

ހަފްތާއެއް ފަހުން ބެލިއިރު، އެމީހުންގެ ތެރެއިން ފޭސްބުކް ބޭނުން ނުކުރި ގްރޫޕް ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހި އުފާވެފަކަން ފާހަގަ ވިއެވެ. އެމީހުންގެ ދިރިއުޅުން ބަދަލުވީ ކިހިނެއްތޯ ސުވާލު ކުރުމުން އޭގެ ތެރެއިން ގިނަ މީހުން ބުނީ، ފޭސްބުކް ބޭނުން ކުރުން ހުއްޓާލުމުން، ދިރިއުޅުމުގެ އެހެން ކަންކަމަށް ވަގުތުދީ އެހެން ކަންކަމާއިމެދު ރަނގަޅަށް ވިސްނެން ފެށި ކަމަށެވެ. އެގޮތުން އާއިލާއާއި ގާތް ރައްޓެހިންނަށް ވެސް ވަގުތު ދެވި، ދިރިއުޅުމުގައި ޒިންމާދާރުވެ އެމީހުންގެ ވަށައިގެން ވާކަންތައްތައް ވެސް އެނގެން ފެށިކަމަށެވެ.

މިއީ ޙަޤީޤަތެވެ. ގިނަ ފަހަރަށް އަހަރުމެންގެ ތެރެއިން ގިނަ މީހުންނަކީ ފޭސްބުކް ބޭނުން ކުރާއިރު އެއަށް ގެއްލި ގޮސް ހުސްވެފައި ތިބޭ މީހުންނެވެ. ދިރިއުޅުން އޮންނަނީ ފޭސްބުކް އާއި މާބޮޑަށް ގުޅުވާލާފައެވެ. ތަނަކަށް ދިޔަޔަސް، މީހަކާއި ބައްދަލު ވިޔަސް އަދި ބަލި ވިޔަސް އެވާހަކަ ފޭސްބުކްގައި ޖަހާލާ މީހުން ގިނައެވެ.

ފޭސްބުކް އާއި ހެދި ޖެހޭ މައްސަލަތަށްވެސް މަދެއް ނޫނެވެ. ލާ ފޮޓޯ އަކަށް ލައިކް އެއް ނުދީގެން ނުވަތަ ކޮމެންޓެއް ނުކޮށްގެން ނުވަތަ ރުޅި އަންނަ މީހެއްގެ ފޮޓޯއަކަށް/ސްޓޭޓަސް އަކަށް ކޮމެންޓެއް ކޮށްގެން ޖެހޭ މައްސަލަތަށް މަދެއް ނޫނެވެ. މިފަދައިން ކަންތައް ކުރުމުގެ ސަބަބުން އެކަކު އަނެކަކާއި ބައެއް ފަހަރު މޫނުވެސް ކެނޑެއެވެ.

ހަގީގަތަކީ ފޭސްބުކްގެ އަވައިގާޖެހި ދިރިއުޅުމަށް ދޭންޖެހޭ ސަމާލުކަން ފުރިހަމައަށް ނުދެވޭ ކަމެވެ. އަދި ފޭސްބުކްއިން ބައެއް ފަހަރު ފެންނަ އެއްޗެހިން އަމިއްލައަށް ހިތް ނުތަނަވަސްވެ ދެރަވާކަމެވެ. ވީމާ މިކަމަކީ ޙައްލުކުރުން ރަނގަޅު، އަދި ޙައްލު ކުރަން ލަސްވެސް ވެފައިވާ ކަމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ