އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިނަމާލެ ބްރިޖުގައި ހިނގި އެކްސިޑެންޓާއި ގުޅިގެން ޖިޕު ދުއްވަން އިން ޑްރައިވަރުގެ ލައިސެންސް ބާތިލުކޮށްފި!

ސިނަމާލެ ބްރިޖުގައި ހިނގި އެކްސިޑެންޓާއި ގުޅިގެން ޖިޕު ދުއްވަން އިން ޑްރައިވަރުގެ ލައިސެންސް ބާތިލުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ސިނަމާލެ ބްރިޖުގެ ތްރެފިލް ލައިޓަށް މަޑުކޮށްގެން އޮތް ވެހިކަލްތަކެއްގައި ގިޕަކުން ޖެހި އެކްސިޑެންޓާއި ގުޅިގެން، އެޖިޕު ދުއްވަން އިން ބިދޭސީ ޑްރައިވަރުގެ ލައިސެންސް ބާތިލު ކޮށްފިއެވެ.

މިދިޔަ ހުކުރު ވިލޭރޭ ހިނގި އެއެކްސިޑެންޓި ހިނގަން މެދުވެރިވީ، ހުޚުލޭ ކޮޅުން ބްރިޖަށް އަރާފައިބާއިރު މަޑުކުރަން ޖެހޭ ތްރެފިކް ލައިޓަށް މަޑުކޮށްފައި އޮތް ވެހިކަލުތަކުގައި ޖެހިގެން ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

މިއެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުން މިއަދު ބުނީ، ޖިޕް ދުއްވަންއިން ބަންގްލަދޭޝް ޑްރައިވަރުގެ ލައިސަންސް ބާތިލު ކުރުމުގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ނިންމީ ތިން އަހަރު ދުވަސް ވަންދެން އޭނާއަށް ލައިސަންސް ނުދިނުމަށް ކަމަށެވެ.

މާލެއާ ވީ ކޮޅުން ބާރު ސްޕީޑްގައި ދުއްވާފައި އައި ޖިޕެއް ތިން ކާރަކާއި ދެ ސައިކަލެއްގައި ޖެހި އެ އުޅަނދުތަކަށް އެކިވަރުގެ ގެއްލުން ލިބުނު ކަމަށް ފުލުހުން އޭރު ބުނެފައި ވެ އެވެ. އެ އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިން އިރު ޖިޕް ދުއްވަން އިން މީހާ އަށް ވެސް ފަރުވާ ދޭން ޖެހުނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ