އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓްރަމްޕަށް ގެއްލެމުންދާ ތާއީދު އިތުރުކުރަން ދުނިޔެ މުޞީބާތެއްގެ ތެރެއަށް ވައްޓައިލަނީ!

ޓްރަމްޕަށް ގެއްލެމުންދާ ތާއީދު އިތުރުކުރަން ދުނިޔެ މުޞީބާތެއްގެ ތެރެއަށް ވައްޓައިލަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

އެމެރިކާގެ ރައްޔިތުންނާއި އަދި ދުނިޔޭގެ ގިނަބައެއްގެ ކުރިމަތިގާއި މިހާރުވެސް އަގުވެއްޓި އަދި އިތުބާރު ގެއްލިފައިވާ ރައީސް ޓްރަމްޕް މިހާރު އަމާޒު ހިފާފައިވަނީ ދުނިޔޭގެ 3 ވަނަ ބޮޑު ހަނގުރާމަ ފެށުމަށް ކަމަށް މެދުއްއިރުމަތީގެ ހާލަތު ދިރާސާ ކުރާ މުރާސިލުން ދެކެން ފަށައިފިއެވެ. 

އީރާނުގެ އެންމެ އިސް އެއް ބޭފުޅަކު ކަމުގައި ބެލެވޭ ޖެނެރަލް ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމަށްފަހު އެމެރިކާއިން ބުނެފައިވަނީ ޖެނެރަލް އަވަހާރަކޮށްލީ މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިން މަރަން ރާވާތީ ކަމަށާއި ބަދަލުގައި އީރާނުން ހަމަލާއެއް ދިނުން ވާނީ ކުރާ މޮޔަ ކަމެއް ކަމަށެވެ. 

ވައިޓްހައުސްގެ މިބަހާއިއެކު މުރާސިލުން ބުނަނީ މި ބަހުންވެސް އެމެރިކާގެ މަޤްޞަދު ވަރަށް ރަނގަޅަށް ހާމަ ވެއްޖެ ކަމަށާއި ބޭނުންވަނީ 3 ވަނަ ބޮޑު ހަނގުރާމައެއް ފަށްޓުވަންކަން އެނގިގެން ހިގައްޖެ ކަމަށެވެ. 

އީރާނުން ވަނީ މިއަމަލަކީ ބައިނަލްއަޤްވާމީ ޓެރަރިޒަމްގެ ޢަމަލެއް ކަމަށް ސިފަކޮށް ބަދަލު ހިފާނެ ކަމަށް ބުނެފައެވެ.

ޖެނެރަލް އަވަހާރަކޮށްލާފައިވަނީ ހުކުރު ދުވަހު ބަޣްދާދުގެ އެއާޕޯޓަށް ދިން ވައިގެ ހަމަލާތަކެއްގައެވެ. ހަމަލާ ދީފައިވަނީ އެމެރިކާ އާއި އިރާޤު ގުޅިފައިވާ ކޯލިޝަނަކުންނެވެ. 

އެ ކޯލިޝަނުން ބަޣްދާދުގެ އުތުރުގައި ތާޖީ ސަރަހައްދުގައި "މެޑިކަލް ކޮންވޯއި" އަކަށް ދިން ޙަމަލާއެއްގައި 6 މީހުން މަރުވެފައިވާ ކަމުގެ ޚަބަރުތައް މީޑިއާތަކުގައި ފެތުރުމުން ކޯލިޝަނުން މިހާރުވަނީ އެ ޚަބަރު ދޮގުކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް