އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލިންކް ރޯޑުގައި ވޭނަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެއްޖެ!

ލިންކް ރޯޑުގައި ވޭނަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

މިއަދު ހެނދުނު 9:20 ހާއިރު ލ. ލިންކްރޯޑުގައި ވޭނަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއެކްސިޑެންޓް ހިނގަން މެދުވެރިވީ ވޭން އަނބުރާލަން އުޅުމުގެ ތެރޭގައި ފަހަތުން އައި ސައިކަލެއް ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ވޭން ދުއްވަން އިނީ 53 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ސައިކަލު ދުއްވަން އިނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިއެކްސިޑެންޓުގައި ސައިކަލުގައި ދެމީހުންނަށް އެކިވަރުގެ އަނިޔާ ލިބިގެން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު މިއެކްސިޑެންޓުގެ ސަބަބުން ސައިކަލަށާއި ވޭނަށް ވެސް އެކިވަރުގެ ގެއްލުންވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ