އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާއިން ފިޔާ ލިބުން ދަތިވުމުން, އެހެން ޤައުމުތަކުން ފިޔާ ގެނެސް ބާޒާރުގައި ވިއްކަން ފަށައިފި!

އިންޑިއާއިން ފިޔާ ލިބުން ދަތިވުމުން, އެހެން ޤައުމުތަކުން ފިޔާ ގެނެސް ބާޒާރުގައި ވިއްކަން ފަށައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 44 ސިކުންތު

އިންޑިއާއިން ފިޔާ ލިބުން ދަތިވުމާއެކު އެހެން ޤައުމުތަކުން ފިޔާ އެތެރެކޮށް، ބާޒާރުގައި ވިއްކަން ފަށައިފިއެވެ.

ރާއްޖެއިން މީގެކުރިން ފިޔާ އެތެރެކުރަމުންދިޔަ އިންޑިއާއިން ފިޔާ ލިބުން ދަތިވުމުން، ވިޔަފާރިވެރިން ދަނީ އެހެން ޤައުމުތަކުން ފިޔާ އެތެރެކޮށް، ބާޒާރުގައި ފިޔާގެ އަގު ހެޔޮކުރުމަށް މަސައްކަތްކުރަމުންނެވެ.

ރާއްޖެއަށް މިހާރު އެކި ޤައުމުތަކުން ފިޔާ އެތެރެކުރަން ފަށާފައިވާއިރު، މާލޭގެ ބާޒާރު މައްޗަށް ބަލާލާއިރު ފިޔާގެ ތިޔާގިކަން ފެންނަން އެބަހުއްޓެވެ.

ބާޒާރުގައި ފިޔާ ތިޔާގިވާން ފަށާފައިވާއިރު އިންޑިއާގެ ފިޔާގެ ބަދަލުގައި ބާޒާރުމަތިން ފެންނަނީ އެހެން ޤައުމުތަކުން އެތެރެކޮށްފައިވާ ފިޔާގެ ޝިޕްމަންޓްތަކެވެ.

އެގޮތުން ފިޔާ އެތެރެކުރާ ޤައުމުތަކުގެ ތެރޭގައި ޕާކިސްތާން، ޗައިނާ، ތުރުކީ، ހޮލެންޑް އަދި މިސްރު ހިމެނެއެވެ. އަދި މި ޤައުމުތަކުން ފިޔާ އެތެރެކުރަނީ ހެޔޮ އަގެއްގައި ފިޔާ ލިބޭތީކަމަށްވެސް ވިޔަފާރިވެރިން ބުނެއެވެ.

"އިންޑިއާއިން ފިޔާ ބަސްތާއެއް ލިބެނީ 1200 ރުފިޔާއަށް ވުރެ މަތިން. މިއަށް ވުރެ އަގުހެޔޮ ޕާކިސްތާން، ޗައިނާގެ ފިޔާވެސް. އިންޑިއާ ފިޔާއަށް ވުރެ ނުބައެއް ވެސް ނުވާނެ. ޕާކިސްތާން ފިޔާ ހަމަ ވަރަށް ރަނގަޅު." ވިޔަފާރިވެރިއަކު ބުންޏެވެ.

ބާޒާރުގައި އެކި ޤައުމުތަކުން އެތެރެކޮށްފައިވާ ފިޔާގެ އަގުތަކަށް ބަލާލާއިރު އެންމެ އަގު ހެވީ ހޮލެންޑްއިން އެތެރެކޮށް، ވިއްކާ ފިޔާއެވެ. ހޮލެންޑް އިން ރާއްޖެ މުދާ ސަޕްލައި ކުރާ ސަޕްލަޔަރަކު ބުނީ މިއީ އެކުންފުނިން ރާއްޖެއަށް ފިޔާ އެތެރެކޮށް، ވިއްކާ ފުރަތަމަ ފަހަރު ކަމަށެވެ. އެގޮތުން އެކުންފުނިން އެތެރެކުރާ ފިޔާ އަގުހެޔޮކޮށް ވިއްކާއިރު، ފިޔާ ކިލޯއެއް އުޅެނީ 25 ރުފިޔާއަށެވެ. އަދި ބަސްތާއެއް ވިއްކަނީ 700 ރުފިޔާއަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ