އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލާ ކޮލެޖުން ދިރާސާކުރުމުގެ ދާއިރާއިން އެއްބާރުލުމުގެ އެމް.އޯ.ޔޫ ގައި 3 ފަރާތަކާއެކު ސޮއިކޮށްފި

ވިލާ ކޮލެޖުން ދިރާސާކުރުމުގެ ދާއިރާއިން އެއްބާރުލުމުގެ އެމް.އޯ.ޔޫ ގައި 3 ފަރާތަކާއެކު ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ދިވެހިރާއްޖޭގެ އިޖްތިމާޢީ ތަފާތު ދާއިރާތަކުގައި ދިރާސާކޮށް އައު ހޯދުންތަކަށް މަގުފަހިކުރުމުގައި، އެއްބާރުލުން އިތުރުކުރުމަށާއި ގުޅިގެން މަސައްކަތް ކުރުމުގެ ގޮތުން، ވިލާކޮލެޖާއި، އިނގިރޭސިވިލާތުގައި ރެޖިސްޓްރީވެފައިވާ މޯލްޑިވްސް ރިސާރޗް، އަދި ވިލާ ފައުންޑޭޝަނާއި އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ މެދުގައި މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ.) ތަކެއްގައި މިއަދި ސޮއިކޮށްދފިއެވެ.

ވިލާކޮލެޖްގެ ކިޔު.އައި. ކެމްޕަސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ވިލާ ކޮލެޖާއި މޯލްޑިވްސް ރިސާރޗްގެ މެދުގައި ސޮއިކުރެވުނު އެމް.އޯ.ޔޫ.ގެ އިތުރުން، މޯލްޑިވްސް ރިސާރޗްއާއި އޭ.ޑީ.ކޭ.ގެ ދެމެދުގައި ސޮއިކުރެވޭ އެމް.އޯ.ޔޫ. އަދި މޯލްޑިވްސް ރިސާރޗްއާއި ވިލާ ފައުންޑޭޝަންގެ ދެމެދުގައި ސޮއިކުރެވޭ ސްޕޮންސަރޝިޕް އެގްރީމެންޓްގައި ސޮއިކުރެވުނެވެ. 

ވިލާކޮލެޖާއި މޯލްޑިވްސް ރިސާރޗްގެ މެދުގައި ސޮއިކުރެވުނު އެމް.އޯ.ޔޫ.ގެ ދަށުން، ދިވެހިރާއްޖޭގެ އިޖްތިމާޢީ ތަފާތު ދާއިރާތަކުގައި ޢިލްމީ ދިރާސާކުރުމުގެ މަސައްކަތް ދެފަރާތުން ވިލަރެސްކޮށްގެން ކުރިއަށް ގެންދިޔުމާއި ދިރާސާގެ މަސައްކަތުގައި ފަންނީގޮތުން އެއްބާރުލުން ދިނުމާއި، ދިރާސާގެ ދާއިރާއިން ތަމްރީނާއި ތަޖްރިބާ ޙިއްޞާކުރުމަށް އެއްބަސްވެފައިވެއެވެ. ވިލާ ކޮލެޖާއި، ވިލާ ފައުންޑޭޝަން، މޯލްޑިވްސް ރިސާރޗް އަދި އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ އުންމީދަކީ، ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާނެފަދަ މުހިންމު އަދި ބޭނުންތެރި ދިރާސާތަކަކަށް، މިއަދުގެ މި އެމް.އޯ.ޔޫ.ތަކުން މަގުފަހިވެގެން ދިއުން ކަމަށް އެފަރާތްތަކުން ބުނެއެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް