އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގައި ޒުވާނުންނަކީ މުޖްތަމައުގައި ހިނގާކަންކަމަށް ވިސްނާ ބައަކަށް ވުމަށް ނައިބް ރައީސް އެދިވަޑައިގެންފި

ރާއްޖޭގައި ޒުވާނުންނަކީ މުޖްތަމައުގައި ހިނގާކަންކަމަށް ވިސްނާ ބައަކަށް ވުމަށް ނައިބް ރައީސް އެދިވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 18 ސިކުންތު

ދިވެހި ޒުވާނުންނަކީ މުޖްތަމައުގައި ހިނގާ ކަންކަމަށް ވިސްނައި ފިކުރުކުރާ އަދި އެކަކު އަނެކަކަށް އަޅާލާ އޯގާތެރި ބައަކަށް ވުމަށާއި ޞިއްހަތަށް ގެއްލުންހުރި ކަންކަމާ ދުރުހެލިވުމަށް ނައިބް ރައީސް ފައިޞަލް ނަސީމް ޒުވާނުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް އެދިވަޑައިގަތީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިންތިޒާމުކޮށްގެން ރޭ ދަރުބާރުގޭގައި ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

ފައިޞަލް މިފަދަ އިލްތިމާސެއް ޒުވާނުންނަށް ކުރައްވާފައި މިވަނީ ދިެވި ޒުވާނުން އިސްލާމް ދީނާއި ދުރުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އެތެރޭގައާއި ބޭޜުގައި ކުރަމުން ގެންދާ ވަގުތެއްގައިކަން ފާހހަގަކުރެވެއެވެ.

 

ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ ކުޅ:ިވަރުގެ ދާއިރާއަށް ސަރުކާރުން ދޭ ސަމާލުކަންވެސް ފާހަގަކުރައްވައިފައެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވޭގޮތަށް ހަމަޖެހިގެންދިއުމަކީ އުފާކުރަންޖެހޭ ކާމިޔާބީއެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވޭތުވެދިޔަ އަހަރަކީ ޒުވާނުންނަށް އަމާޒުކޮށްގެން ކުޅިވަރުގެ އެކިއެކި މުބާރާތްތަކާއި ހޭލުންތެރިކުމުގެ އެކި ޕްރޮގްރާމްތަކާއި ލީޑަރޝިޕްގެ ދާއިރާއިން ގިނަ ޕްރޮގްރާމްތަކެއް ސަރުކާރުން ކުރިޔަށްގެންދިޔަ އަހަރެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ސްކޫލުތަކުގައިވެސް ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

 

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިންތިޒާމުކޮށްގެން ރޭ ބޭއްވި "ރަން އަހަރު" ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޒުވާނުންގެ އެވޯޑް އިފްތިތާޙްކޮށްދެއްވާފައެވެ. މި އެވޯޑްގެ އިތުރުން ކުޅިވަރާ ގުޅޭ އެވޯޑަކާއި ސިވިލް ސޮސައިޓީ އެވޯޑެއްވެސް މި ޙަފްލާގައި އިފްތިތާޙްކޮށްފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް