އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕާކިސްތާނުގެ މިސްކިތެއްގައި ދިން ބޮމުގެ ޙަމަލާއާ ގުޅިގެން ޚާރިޖީ ވަޒީރު ތައުޒިޔާ ވިދާޅުވެއްޖެ

ޕާކިސްތާނުގެ މިސްކިތެއްގައި ދިން ބޮމުގެ ޙަމަލާއާ ގުޅިގެން ޚާރިޖީ ވަޒީރު ތައުޒިޔާ ވިދާޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ޕާކިސްތާނުގެ ގުއެތާގެ މިސްކިތަކަށް ހުކުރު ދުވަހު ދިން ބޮމުގެ ޙަމަލާއެއްގައި ބައަކު މަރުވުމާއި ގުޅިގެން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ޕާކިސްތާނުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް މަޚްދޫމް ޝާހް މަޙްމޫދު ޤުރޭޝީއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

މިނިސްޓަރ ޝާހިދުގެ މެސެޖްގައި، ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި އިންނަ ގުއެތާގެ މިސްކިތެއްގައި އެއްޗެއް ގޮއްވާލުމާއި ގުޅިގެން މިސްކިތުގައި އެވަގުތު ތިބި ކުށެއް ނެތް އެތައް ބައަކު މަރުވި ޚަބަރު އެއްސެވީ ފުން ހިތާމައާއިއެކުގައި ކަމަށް ވިދާޅުވިއެވެ. 

އަދި ދިވެހިރާއްޖެއިން ޓެރަރިޒަމްގެ ހުރިހާ އަމަލަކާއި ދެކޮޅުކަން ހާމަކުރައްވައި، މިސްކިތަކަށް ދިން މި ނުރައްކާތެރި ޙަމަލާ ކުށްވެރިކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ޓެރަރިޒަމާއި ދެކޮޅަށް ބައިނަލްއަޤްވާމީ މުޖްތަމައުއާއި ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ޝާހިދު ދެއްވިއެވެ. 

ޕާކިސްތާނަށް ދިމާވެފައިވާ ހިތާމައިގެ މިދަނޑިވަޅުގައި ދިވެހިރާއްޖެއިން ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާއި އެކުގައިވާކަމަށް މިނިސްޓަރ ޝާހިދުގެ މެސެޖްގައި އިތުރަށް ވިދާޅުވިއެވެ. އަދި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް މިނިސްޓަރ ޝާހިދު އެދިވަޑައިގަތެވެ. 

އިއްޔެ މިސްކިތުގައި ހަމަލާދީފައިވަނީ މީހުން ރުކޫޢަށް ބޯ ތިރިކުރި ވަގުތު އެއްޗެއް ގޮއްވާލައިގެންނެވެ. ހަމަލާ ދީފައިވަނީ އަމާނުﷲ މަރާލަން ކަމަށްވާއިރު އޭނާ ވަނީ ހަމަލާގައި މަރުވެފައެވެ. މިއީ ސަލާމަތީ ބާރުތަކަށް އަމާޒުކޮށްގެން މިދިއަ ހަފްތާގައި ދިން ދެވަނަ ހަމަލާއެވެ. 

އިއްޔެގެ ހަމަލާގައި 14 މީހުން ވަނީ ނިޔާވެފައެވެ.، 20 މީހުން ޒަޚަމްވެފައިވާއިރު އެއިގެތެރެއިން 8 މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް