އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިޒާމު ފުރިހަމަވުމުން ދަރިވަރުންގެ އަޚްލާޤާ ހުނަރުވެރިކަމާ ފަންނުވެރިކަން ކުރިއެރުވުމަށް ސްކޫލުން މަގު ފަހިކޮށްދޭނެ: ރައީސް

ނިޒާމު ފުރިހަމަވުމުން ދަރިވަރުންގެ އަޚްލާޤާ ހުނަރުވެރިކަމާ ފަންނުވެރިކަން ކުރިއެރުވުމަށް ސްކޫލުން މަގު ފަހިކޮށްދޭނެ: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

ރާއްޖޭގެ ސްކޫލްތަކުގައި އެއްދަންފަޅިއަށް ކިޔަވައިދޭން ކުރަމުން ގެންދާ މަސައްކަތްތައް ފުރިހަމަކުރެވުމުން ކުދިންނަށް ކިޔަވައިދިނުމާއެކު، ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުކޮށް، އެކުދިންގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން ކުރިއެރުވުމަށް ސްކޫލުން މަގު ފަހިކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.   

ޢިއްޒަތްދީން ސްކޫލް ހުޅުއްވައި ދެއްވެވުމަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ މިފަދަ ކަންކަން ދަރިވަރުންނަށް ފަހިކޮށްދިނުމަށްޓަކައި، މިއަދު ހުޅުވި އިއްޒުއްދީން ސްކޫލްގެ ކްލާސްތަކަށް ދަރިވަރުން ބަހާލާފައިވާނީ، ކްލާހެއްގައި 25 ދަރިވަރުންނަށްވުރެ އިތުރުނުވާގޮތަށް ކަމަށެވެ. އަދި މިއީ ސަރުކާރުގެ ސްކޫލެއް މިގޮތަށް އިންތިޒާމު ކުރެވޭ ފުރަތަމަ ފަހަރު ކަމަށާއި އެކަމުގެ ހެޔޮ ބަދަލު ދަރިވަރުންގެ ކިބައިން އިރާދަކުރެއްވިއްޔާ ފެންނަން ފަށާނެ ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ވާހކަފުޅުން: 

މިއަދު މި ހުޅުވުނު ޢިއްޒުއްދީން ސްކޫލާއެކު، ސަރުކާރުގެ ސްކޫލްތައް، އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުގެ މުޅިން އައު މަރުޙަލާއެއް ފެށިގެންދާނެ. މިދެންނެވި ސިޔާސަތު، މި ސްކޫލްގައި ތަންފީޒު ކުރެވޭނީ، ދަރިވަރުންނަށް ކިޔަވައިދިނުމުގެ އިތުރުން، ތަރުބަވީ އަޚްލާޤާއެކު، ހަށި ހެޔޮކަމުގެ ޙަރަކާތްތައް ހިމެނޭ، ވަށައިޖެހިފައިވާ ނިޒާމެއްގެ ތެރެއިން. 

މި ނިޒާމު ތަންފީޒުވާއިރު، ބެލެނިވެރިޔާ އޮފީހަށް ދާނީ، 7:40 އަށް ދަރިފުޅު ގެންގޮސް ސްކޫލަށް ލައިފައި. ސްކޫލުގައި ދަރިވަރުގެ ދުވަސް ފަށާނީ ހެނދުނުގެ ނާސްތާއިން. އެސެމްބްލީއަށްފަހު އޮންނާނީ ކިޔެވުން. މެންދުރު ނަމާދު ވަގުތު ޖެހުމުން، ސްކޫލްގައި ނަމާދުކޮށް، މެންދުރުގެ ކެއުން އޮންނާނެ. ބެލެނިވެރިޔާ އޮފީސް ނިމިގެން ގެއަށް ދާނީ، ހެނދުނު ސްކޫލަށް ލީ ދަރިފުޅު ގޮވައިގެން. އޭރު ދަރިފުޅު ހުންނާނީ، އިތުރު ޙަރަކާތްތަކާއި، އިތުރު އެހީދޭ ކްލާސްތައްވެސް ނިންމައިގެން. ދެން އެ ދުވަހު ދަރިވަރުވެސް، ބެލެނިވެރިޔާވެސް އިތުރު ވަގުތަކު ސްކޫލަށް އަންނާކަށް ނުޖެހޭނެ.

މި ބަދަލުގެ ސަބަބުން ކުދިންނަށްވެސް އަދި ޓީޗަރުންނަށްވެސް ފައިދާވާނެ. މި ސްކޫލްގެ ހުރިހާ ކަމެއްވެސް އިންތިޒާމުކުރެވިފައި ހުންނާނީ، އަމިއްލަ ނަފްސާއި މުޖުތަމަޢުގެ ކުރިއެރުމަށާއި، ތިމާގެ ޤައުމުގެ ހެވާއި ލާބަޔަށް މަސައްކަތްކުރާ، އަދި 21 ވަނަ ސައްތައިގެ އީޖާދީ ދިރިއުޅުމަށް ލޯތައް ހުޅުވި، ސިކުނޑިތައް ފައްކާވެފައިވާ ދަރިވަރުންތަކެއް ބިނާކުރުމަށް.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް