އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަހަރުގެ ރައިޒީނާ ޑައިލޮގްގައި މިނިސްޓަރ ޝާހިދު ތަޤްރީރުކުރައްވަނީ

މިއަހަރުގެ ރައިޒީނާ ޑައިލޮގްގައި މިނިސްޓަރ ޝާހިދު ތަޤްރީރުކުރައްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

ޖެނުއަރީ 14 – 16 އަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވާ ރައިޒީނާ ޑައިލޮގްގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ތަޤްރީރު ކުރައްވާނެއެވެ.

ރައިޒީނާ ޑައިލޮގަކީ އަހަރަކު އެއް ފަހަރު އިންޑިއާގެ އޮބްޒާވަރ ރިސަރޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒް ގުޅިގެން ބާއްވާ ބައިނަލްއަޤްވާމީ ބައްދަލުވުމެކެވެ. މިނިސްޓަރ ޝާހިދު މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރާއި އޮބްޒާވަރ ރިސަރޗް ފައުންޑޭޝަންގެ ރައީސް ސަމީރް ސަރަންގެ ދައުވަތަކަށެވެ.

ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ މި ބައްދަލުވުމުގެ ތެރެއިން މިމަހުގެ 15 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ތަޤްރީރުކުރައްވާނެކަމަށެވެ. އަދި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ވަޑައިގެންނެވި އެހެން ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި، އިންޑިއާ ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް