އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މުފްތީ މެންކުގެ އެންމެ ޚާއްޞަ އެއް ސިފައަކީ އެހެން އެއްވެސް ދީނީ ޢިލްމުވެރިއަކަށް ފާޑުވިދާޅުނުވުމެވެ!

މުފްތީ މެންކުގެ އެންމެ ޚާއްޞަ އެއް ސިފައަކީ އެހެން އެއްވެސް ދީނީ ޢިލްމުވެރިއަކަށް ފާޑުވިދާޅުނުވުމެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

މުފްތީ އިސްމާޢީލް މެންކަކީ މިހާރު ތިއްބެވި ދީނީ ޢިލްމުވެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޢިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢިލްމުވެރިއެކެވެ. މުފްތީ މެންކުގެ އެންމެ ޚާއްޞަ އެއް ސިފަފުޅަކީ އެހެން އެއްވެސް ދީނީ ޢިލްމުވެރިއަކަށް ފާޑުވިދާޅުނުވުމެވެ! 

މުފްތީ މެންކަކީ ކޮންމެ މައުޟޫއަކަށް ވާހަކަފުޅު ދެއްކެވި ނަމަވެސް އެކަމެއް ދީނުގައި އޮންނަގޮތް ކީރިތި ޤުރްއާނާއި ސުންނަތުން ބަޔާން ކުރެއްވެވުމުގެ އިތުރުން ކަމާއި ގުޅުން ނެތް އިތުރު ވާހަކަފުޅުތައް ދައްކަވާ ޢިލްމުވެރިއެއް ނޫނެވެ. 

ކޮންމެ މީހެއްގެ ވެސް ޙަސަދަވެރިން ތިބޭނެއެވެ. ރާއްޖޭގައި އުޅުއްވާ ބައެއް ޢިލަމުވެރިން ފަދައިން ތިމާގެ ފިކުރު ނޫން އެއްވެސް ފިކުރެއް ކަމުނުދާ މީހުން ދުނިޔޭގައި ތިބޭނެއެވެ. އެފަދަ ބައެއް މީހުން މުފްތީ މެންކާއި ގުޅުވައިގެން ވެސް ބަސްތައް ބުނެއެވެ. މިގޮތަށް ވާހަކަ ދައްކާ މީހުން ގިނައިން ހެކިދައްކަން ބޭނުން ކުރާނީ މުފްތީ މެންކާއި ގުޅުވައިގެން ކޮންމެވެސް މީހަކު ލިޔެފައި އޮންނަ ލިޔުމެކެވެ. މުފްތީ ވިދާޅުވި ބަސްފޫޅެއްގެ އޯޑިއޯ ނުވަތަ ވީޑިއޯ ހާމަކުރުމަކީ އެމީހުންނަށް ކުރެވޭ ކަމެއް ނޫނެވެ. 

މުފްތީ މެންކު އަބަދުވެސް ވިދާޅުވަނީ އެމީހަކާއި ބެހޭ ގޮތުން އެހެން މީހުން ދައްކާ ވާހަތައް އަޑުއަހައި އެއަށް ސަމާލުކަން ދިނުމަކީ ވަގުތު ބޭކާރުކުރުން ކަމަށެވެ. އެމަސައްކަތް ކުރުމަށްވުރެ ފައިދާ ބޮޑުވާނީ އެމީހަކު ކުރާ މަސައްކަތުގައި ސާބިތުވެ ހުރުމުން ކަމަށެވެ. އަދި އޭނާ ސަމާލުކަން ދެއްވަނީ އެގޮތުގައި ކުރިއަށް ވަޑައިގަތުމަށް ކަމަށެވެ. 

އަޅުގަނޑަކީ ކޮންމެ ދުވަހަކުހެން މުފްތީ މެންކުގެ ދަރުސްތައް އަޑުއަހައި އަދި ޚަބަރުވެސް ހަދަމުން ގެންދާ މީހަކީމެވެ. މި ބުނި ބަސްތައް ހާމަމިކުރީ އަމިއްލަ ތަޖުރިބާގެ މައްޗަށެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


30%
ވ.ރަނގަޅު
10%
ރަނގަޅު
40%
އޯކޭ
20%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް