އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޤައުމު ކުރިއެރުވޭނީ އީމާންކަމާ ޢުމްރާނީ ތަރައްޤީއާ ދެބައި ކުރިވެސް ކުރިއަރތުވައިގެން!: މުފްތީ މެންކް

ޤައުމު ކުރިއެރުވޭނީ އީމާންކަމާ ޢުމްރާނީ ތަރައްޤީއާ ދެބައި ކުރިވެސް ކުރިއަރތުވައިގެން!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ޤައުމު ކުރިއެރުވޭނީ ނުވަތަ ރައްޔިތުން ދިރިއުޅޭ ޙާލަތު ކުރިއެރުވޭނީ ރައްޔިތުންގެ އީމާންތެރިކަމާއި ތަޤްވާވެރިކަން އަދި ޢުމްރާނީ ތަރައްޤީވެސް ކުރިއަރުވައިގެން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ. 

އަލިމަސް ކާނިވާ ސަރަހައްދުގައި މިރޭ ދަރުސް ދެއްވަމުން މުފްތީ މެންކް ވިދާޅުވީ ކުރިއަރައި ގޮސްފައިވާ މުޖުތަމައުތައް ކުރިއަރައި ގޮސްފައިވަނީ މި ގޮތަސް މަސައްކަތްކޮށްގެން ކަމަށާއި އިސްލާމީ މުޖުތަމައުވެސް ކުރިއަރައި ދިއައީ ހަމަ މިގޮތަށް މަސައްކަތްކޮށްގެން ކަމަށެވެ. ވީމާ އެކަންކަމުން ޢިބްރަތް ޙާޞިލުކުރަން ޖެހޭނެ ކަމަށެވެ. 

މުފްތީ މެންކް ވިދާޅުވީ ރާއްޖެއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ގިނަ ގުނަ ނިޢްމަތްތަކަށްޓަކައި ﷲ ތަޢާލާއަށް ޝުކުރުވެރިވާން ޖެހޭނެ ކަމަށެވެ. އަދި އެ ނިޢްމަތްތަކާއިމެދު ވިސްނައި ފިކުރުކުރަން ޖެހޭނެ ކަމަށެވެ. ވިސްނުންތެރިކަމާއިއެކު ބަލައިފިނަމަ ރާއްޖެއަށް ދެއްވަވާފައިވާ ނިޢްމަތްތަކުގެ މަތިވެރިކަން އެނގިގެންދާނެ ކަމަށެވެ. އަދި މިކަންކަމަށް ނުވިސްނާ ބައަކު ވާނީ މޮޔަ ބައަކު ކަމަށެވެ. 

"މިރާއްޖެއަށް ވަނީ ޢަޖައިބު ކުރުވަނިވި ނިޢްމަތްތަކެއް މިންވަރުކުރައްވަވާފަ. ވަރަށް ބޮޑު ފުރިހަމަ ކަމެއް ދެއްވަވާފަ. އެއީ ހަމަ ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތައް. އެކަންކަމަށްޓަކައި ޝުކުރުވެރިވާން ޖެހޭނެ." 

މުފްތީ މެންކް ވިދާޅުވީ މުސްލިމް އުންމަތްތަކަށް އަދި ރާއްޖެއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތައް ޖަހައިގަންނަން މަސައްކަތްކުރާ ބައަކު އަބަދުވެސް އުޅޭނެ ކަމަށާއި އެކަން ޤަބޫލުވެސް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެއީ ހުރިހާ މުޖުތަމައުތަކަށްވެސް މެދުވެރިވަމުން އަންނަ ކަމެއް ކަމަށެވެ. އަދި މިޙާލަތުން އަރައިގަތުމަށްޓަކައި ﷲ ތަޢަލާއަށް ޝުކުރުވެރިވުން ގިނަކުރަން ޖެހޭނެ ކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


44%
ވ.ރަނގަޅު
11%
ރަނގަޅު
11%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް