އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ބިޒީ"ވެ ބަލި މީހުންނަށް ޒިޔާރަތް ނުކުރުމުން ތިއަ ނަގައިލަނީ ސުވަރުގެއިން މޭވާ ބިނުމުގެ ނަޞީބެވެ!

"ބިޒީ"ވެ ބަލި މީހުންނަށް ޒިޔާރަތް ނުކުރުމުން ތިއަ ނަގައިލަނީ ސުވަރުގެއިން މޭވާ ބިނުމުގެ ނަޞީބެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 10 ސިކުންތު

ކޮންމެ މީހަކަށް ބެލި ނަމަވެސް ޢާއިލާގެ އެތައް ބައަކު އަބަދު ވެސް ބަލިވެ އުޅޭނެއެވެ. ގާތް ރަހްމަތްތެރިންގެ އެތައް ބައަކު އަބަދުވެސް ބަލިވެ އުޅޭނެއެވެ. ނަމަވެސް "ބިޒީ"ކަން އުޒުރަކަށް ދައްކާފައި ޒިޔާރަތްކޮށްނުލައި ތިބޭއިރު ޒިޔާރަތް ކުރުމުން ތިމާއަށް ލިބެން އޮތް ނިޢްމަތްތަކާއިމެދު ކުޑަކޮށް ނަމަވެސް ވިސްނައިލަމުހެއްޔެވެ؟

ކޮންމެ މީހަކު ވެސް އެމީހެއްގެ ގާތް މީހުންގެ އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންވާނީ ބަލިވުމުންނެވެ. އެންމެންނަކީ ފައިސާގެ އެހީއަށް ބޭނުންވާނެ ބައެއް ނޫނެވެ. ގިނަ މީހުން ބޭނުންވާނީ ފެނިލައި ގާތްކަން ދަމަހައްޓައިލުމެވެ. އަނެކާގެ ހެޔޮ ދުޢާއެވެ. "ބިޒީ"ކަން ބޮޑުވެ މިއަދު އެވަރުވެސް ކޮށްލެވޭ ކަމަކަށް ނުވެއެވެ.

ނަމަވެސް އެމީހާ ބަލިވެއްޖެ ނަމަ އެހެން މީހުން އެމީހާ ދެކެން ނާންނަ ނަމަ އެކަމުގެ ޝަކުވާ ކުރެވެއެވެ. ބަސްތައް ބުނެވެއެވެ. ނަމަވެސް އެހެން މީހުން ބަލިވުމުން ތިމާއަށް އަނެކާގެ ހާލަތަށް ސަމާލުކަން ދެވޭ ކަމަކަށް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން މިއަދު މިކަން މިވަނީ އިޖުތިުމާޢީ ބޮޑު މައްސަލައަކަށްވެސް ވެފައެވެ.

މިކަމުގެ މުހިންމުކަން ބޮޑުކަމުން މި ގެނެސްދެނީ މި މައުޟޫޢުގައި ދުވަސްކޮޅެއް ކުރިން މިއަދުނޫހުގައި ޝާއިޢުކުރި ލިޔުމެކެވެ. ބަލިމނީހަކަށް ޒިޔާރަތްކޮށްލައިގެން ލިބެން ހުރި މިޢްމަތްތަކުގެ މައުލުމާތު ތާޒާކޮށްލައްވާށެވެ! އަލުން ވިސްނަވައިލައްވާށެވެ!

ޢަލީ ބިން އަބޫޠާލިބް ރިވާ ކުރެއްވެވި ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ބަލިވެ އުޅޭ ތިބާގެ މުސްލިމް އަޚާއަށް ފަޖްރް ވަގުތު ޒިޔާރަތްކޮށްފިނަމަ، އިރުއޮއްސިއްޖައުމަށްދާންދެން 70000 މަލާއިކަތް ބޭކަލުން ތިބާއަށް ހެޔޮ ދުޢާ ކޮށް ދެއްވުން މަތީ ދެމިތިއްބަވާނެއެވެ. އަދި ހަވީރު ޒިޔާރަތް ކޮށްފިނަމަ، ހެނދުނު ވަންދެން 70000 މަލާއިކަތް ބޭކަލުން ތިބާއަށް ހެޔޮ ދުޢާ ކޮށްދެއްވުން މަތީ ދެމިތިއްބަވަވާނެއެވެ. އަދި ސުވަރުގެ އިން މޭވާ ބިނުމުގެ ނަޞީބު އެމީހަކަށް ލިބިގެންދާނެއެވެ." (މާނަ: ޝައިޚް ޢަލީ ޒައިދު)

ال علي بن أبي طالب (رضي الله عنه): سمعت رسول الله (ﷺ) قائلا: "عندما يزور المسلم مريضًا مسلمًا عند الفجر ، يستمر سبعون ألفًا من الملائكة بالصلاة من أجله حتى الغسق. وإذا زاروه في المساء ، فإن سبعين ألفًا من الملائكة يستمرون في الصلاة من أجله الصباح ، وسيحصد (حصته) ثمار الجنة. "

'Ali bin Abu Talib (May Allah be pleased with him) reported: I heard the Messenger of Allah (ﷺ) saying, "When a Muslim visits a sick Muslim at dawn, seventy thousand angels keep on praying for him till dusk. If he visits him in the evening, seventy thousand angels keep on praying for him till the morning; and he will have (his share of) reaped fruits in Jannah."

[At- Tirmidhi].

ޢަލީ ބިން އަބީ ޠާލިބްގެ އަރިހުން ރިވާވެގެންވާ މިހަދީޘްފުޅު އިމާމް ތިރްމިޒީ ވަނީ ރިވާ ކުރައްވައިފައެވެ. ރިޔާޟުއްޞާލިހީންގައި ވެސް ބަޔާންވެގެންވެއެވެ.

ބަލި މީހުންނަށް ޒިޔާރަތް ކުރުމަކީ ގަދަވެ ތިބި މީހުން އަދާކުރަންޖެހޭ ހައްޤެކެވެ. އިޖުތިމާޢީ ޒިންމާއެކެވެ. މީގެ އިތުރުން 70000 މަލާއިކަތުންގެ ދުޢާ އާއި ސުވަރުގެއިން ބަގީޗާއެއް ލިބޭ ކަމެކެވެ. "ގެޓްވެލް ސޫން" ކިތަންމެ ގިނަ ތަނެއްގައި ލިޔުނު ނަމަވެސް މި އިން އެއްވެސް ފައިދާއެއް ޙާޞިލެއް ނުކުރެވޭނެއެވެ. ޙާޞިލުކުރެވޭނީ ހަމަ ބަލި މީހާއަށް ޒިޔާރަތްކޮށްގެންނެވެ. ޒިޔާރަތް ކުރެވޭނެ ގޮތެއް ނެތް ހާލަތުގައި ބަލިމީހާއަށްޓަކައި ހެޔޮ ދުޢާކުރަންވާނެއެވެ.

"ގެޓްވެލް ސޫން" ގެ މާނައަށް ބަލައިފިނަމަ އެއީ ބަލީމީހާ އަވަހަށް ގަދަވުމަށް ކުރެވޭ އަމުރެއް ކަމަށްވެސް ބެލިދާނެއެވެ. ބަލިމީހާޢަށް އެ އަމުރު ކުރެވެނީ އަވަހަށް ގަދަވުމަށެވެ. އެއްވެސް މީހަކު ބަލިވެ އޮންނާކަށް ބޭނުމެއް ނުވާނެއެވެ. އެއްވެސް މީހަކު އަމުރު ނުކުރި ނަމަވެސް އަވަހަށް ގަދަވާން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެހެންކަމުން އެފަދަ އަމުރުތައް ކުރުމަކީ މުސްލިމުން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

ބަލި މީހުންނަށް ޒިޔާރަތް ކުރުމުގެ އާދައަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް އަށަގެންފައި އޮތް އާދައެވެ. ދުއްވާނެ ސައިކަލާއި ކާރު މާލޭގައި ނެތް ދުވަސްވަރު ފައިމަގުގައި ހިނގާފައި ގޮސް ވެސް ކުރަމުން ދިއަ ކަމެކެވެ. ގާތް މީހަކު ބަލިވެ އުޅޭނަމަ މަދުވެގެން ދުވާލަކު އެއް ފަހަރު ޒިޔާރަތް ކުރުމުގެ ރިވެތި އާދަ ކާބަފައިން ވަނީ ހިފަހައްޓައިފައެވެ.

އެހެންކަމާއިއެކު ވެސް އަމިއްލަ އެދުން ބޮޑުވުމާއި ޓެކްނޮލޮޖީއަށް އައި ކުރިއެރުމާއި މައުލޫމާތު ފެތުރުމަށް ލިބުނު ކުރިއެރުމުގެ ތެރެއިން ކިތަންމެ ގާތް މީހަކު ބަލިވި ނަމަވެސް އެމީހެއްގެ އަތުން ތިމާއަށް ފައިސާ ނުލިބޭނަމަ ނުވަތަ އެނޫންވެސް ދުންޔަވީ މަންފާއެއް ނުކުރާނަމަ މިއޮތީ "ގެޓްވެލް ސޫން" މެސެޖުކޮށްލައި ނިންމައިލުމަކީ ޢާންމު ކަމަކަށް ވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް