އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމިއްލަ ހަޔާތަށް ރަނގަޅު ގޮތްތައް މެދުވެރިވުމަށް އެދޭ މީހާ މިކަންކަމަށް ވިސްނައިލާށެވެ!

އަމިއްލަ ހަޔާތަށް ރަނގަޅު ގޮތްތައް މެދުވެރިވުމަށް އެދޭ މީހާ މިކަންކަމަށް ވިސްނައިލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ތިމާގެ އަމިއްލަ ހަޔާތުގެ ކަންކަން ނުވަތަ ޙާލަތު ބަދަލުކޮށް ރަނގަޅު ގޮތްތައް މެދުވެރިވުމަށް އެދޭމީހާ ފުރަތަމަ ކަމަކަށް އެމިހާގެ އަމިއްލަ ޙަޔާތުގެ ކަންކަމަށް ވިސްނައި ބަދަލުކުރަން ޖެހޭ ކަންކަން ބަދަލުކުރާށެވެ! އިޞްލާޙްކުރަން ޖެހޭ ކަންކަން އިޞްލާޙްކުރާށެވެ!

ދުނިޔަވީ މިސާލެއް ބުނާނަމަ ވައްކަން ކުރަމުން ވަޒީފާއަކަށް އެދިގެން ދިއުމުން ވަޒިފާއެއް ދޭނީ ކާކު ހެއްޔެވެ؟ މީހުންނަށް އަނިޔާކުރަމުން ކައިވެންޏަށް އެދިގެން ދިއުމުން މަރުހަބާ ކިޔާނީ ކޮން ޢާއިލާއަކުން ހެއްޔެވެ؟ ނުތާހިރާ ހުންނަ މީހަކާ ބައްދަލުކުރަން ބޭނުންވާނީ ކާކު ހެއްޔެވެ؟

ވީމާ ވަޒީފާއަކަށް އެދޭނަމަ ތިމާއަކީ ތެދުވެރި އިޚްލާޞްތެރިއަކަށްވާން އެބަޖެހެއެވެ. ރަނގަޅު ހެޔޮ ލަފާ އަންބަކަށް ބޭނުންވާނަމަ ތިމާއަކީ ވަފާތެރި އޯގާތެރި މީހަކަށްވާން އެބަޖެހެއެވެ. މީހުންނާއި ބައްދަލުކޮށް މީހުންގެ ރުހުން ހޯދަން އެދޭ މީހާ އެންމެ ކުޑަމިނުން ގައިން ތާހިރު، ހިނިތުންވާން ދަންނަ މީހަކަށްވާން އެބަ ޖެހެއެވެ.

އަސްލު މައުޟޫއަށް ޖެހިލަމާ ހިނގާށެވެ! ތިމާއަށް ރަނގަޅު ގޮތްތައް މިންވަރުކޮށް ދެއްވެވުމަށް އެދޭ މީހާ ފުރަތަމަވެސް ތިމާގެ ކިބައިގައި ހުރި އުނިސިފަތައް އިޞްލާޙްކުރާށެވެ! އަދާ ނުކުރެވޭ، އިހްމާލްވެވޭ ވާޖިބުތައް ދެނެގަނެ އެކަންކަން ރަނގަޅުކުރާށެވެ.

ތިމާއަށް ރަނގަޅު ގޮތްތައް މިންވަރުކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ. ވީމާ ތިމާއަށް ރަނގަޅު ގޮތްތައް މެދުވެރިވުމަސް އެދޭ މީހާ ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ކިޔަމަންތެރިވާށެވެ! އެކަން ތިމާގެ ޢަމަލުން ދައްކާށެވެ! އެއަށްފަހު ﷲ ތަޢާލާގެ ޙަޟްރަތުން މަދަދަށް އެދޭށެވެ!

އެހެން ޢިބާރާތަކުން ބުނާނަމަ ފުރަތަމަ ތައުބާވާށެވެ! ތަޤްވާވެރިވާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! އެއރުން ތިމާ އެދޭ ގޮތަށް ކަންކަން މެދުވެރިކޮށްދެއްވަވާނެތެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް