އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަރާމް ގޮތް ގޮތުން ހޯދާ ފައިސާ އާއި ތަކެތި ބޭނުން ނުކުރަން މުފްތީ މެންކް އިލްތިމާސް ކުރައްވައިފި!

ޙަރާމް ގޮތް ގޮތުން ހޯދާ ފައިސާ އާއި ތަކެތި ބޭނުން ނުކުރަން މުފްތީ މެންކް އިލްތިމާސް ކުރައްވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

ރާއްޖޭގައި ޢާންމުވެފައިވާ ބޭންކް އިންޓަރެސްޓާއި ވައްކަމާއި ކޮރަޕްޝަނާއި އަދި އެނޫންވެސް ގޮތްގޮތުން މާތް ﷲ ޙަރާމް ކުރައްވަވާފައިވާ ގޮތްގޮތުން ހޯދާ ފައިސާ އާއި ތަކެތި ބޭނުން ނުކުރުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް އިލްތިމާސްކުރައްވައިފިއެވެ. މުފްތީ މެންކް އިލްތިމާސް ކުރައްވައިފިއެވެ. 

މިކަމަށް އިލްތިމާސްކުރައްވައި މިއަދުގެ ހުކުރު ޚުޠުބާގައި މުފްތީ މެންކް ވިދާޅުވީ ހަމަކަށަވަރުން އިސްލާމީ ޝަރީޢާ ހުއްދަ ނުކުރާ ގޮތްގޮތުން ހޯދާ ފައިސާ އާއި ތަކެއްޗަކީ ހުއްދަވެގެންވާ ތަކެތި ނޫން ކަމަށެވެ. މިކަމަށް ދަލީލު ދައްކަވައި ވިދާޅުވެފައިވަނީ ބަޤަރާ ސޫރަތުގެ 188 ވަނަ އާޔަތެވެ. އެއާޔަތުގެ މާނައިގައިވަނީ "އަދި ތިއަބައިމީހުންގެ މުދާތައް ތިއަބައިމީހުންގެ މެދުގައި ބާޠިލު ގޮތުގައި ނުކާށެވެ! އަދި ތިއަބައިމީހުން ދެނެތިބެގެންމެ، ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް) ޙާކިމުންނަށް ނުދޭށެވެ!" 

އެމީހަކަށް ކަނޑައަޅުއްވަވާފައިވާ ރިޒުޤު އެމީހަކަށް ދެއްވަވާނެ ކަމާއި ރިޒުޤު އަވަހަށް ހޯދުމުގެ ދަހިވެތިކަމުގައި ޙަރާމް ގޮތްގޮތުން ތަކެތި ނުހޯދުމަށްވެސް މުފްތީ މެންކް ވަނީ ގޮވާލައްވައިފައެވެ. 

ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން ޖިބްރީލްގެފާނު ތިމަންކަލޭގެފާނުގެ ހިތްޕުޅަށް އިލްހާމްކޮށްދެއްވެވިއެވެ. ހަމަކަށަވަރުން އެއްވެސް ނަފްސެއް (ދިރޭ އެއްޗެއް) އެއެއްޗެއްގެ އަޖަލު ހަމަވުމުން މެނުވީ މަރުނުވާނެއެވެ. އަދި އެ އެއޗެއްގެ ރިޒުޤް ހަމަކޮށްފައި މެނުވީ މިދުނިޔެއިން ވަކިވެގެން ނުދާނެއެވެ. ފަހެ ތިއަބައިމީހުން އެތަކެތި ހޯދުމަށް ރަނގަޅު މަގު އިޚްތިޔާރުކުރާށެވެ! އަދި ރިޒްޤް ލިބުން ލަސްވުމަކީ، އުރެދުމަކުން އެ ހޯދަން ޖެހޭ ސަބަބު ކަމުގައި ނުހަދާށެވެ! ފަހެ ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައިވާ އެއްޗެއް (އޭގެ ހެޔޮކަމާއި ބަރަކާތް) އެކަލާނގެއަށް ކިޔަމަންތެރިވެގެން މެނުވީ ލިބުމެއް ނެތެވެ." 

އަދިވެސް ވިދާޅުވިއެވެ. "މިހެންވެ ކީރިތި ނަބިއްޔާ (ޞޢވ) ބަޔާން ކުރައްވާފައިވަނީ އެ އްޗަކާއިމެދު ޝައްކު އުފެދޭ ޒާތުގެ ތަކެތިން ދުރުހެލިވެގަންނަ މީހަކީ އޭނާގެ ދީނާއި ދުނިޔެ ރައްކައުތެރި ކުރި މީހެއް ކަމުގައެވެ. ހަދީޘްފުޅުގައިވެއެވެ. "ޙަލާލްކަންތައް ވަނީ ބަޔާންވެގެންނެވެ. އަދި ޙަރާމް ކަންތައް ވަނީ ބަޔާންވެގެންނެވެ. އެދެމެދުގައި މީސްތަކުން ކުރެ ގިނަ ބައަކަށް ޝައްކު އުފެދޭ ޒާތުގެ ކަންތައް ވެއެވެ. ފަހެ ޝައްކު އުފެދޭ ޒާތުގެ ކަންކަމުން ދުރުވެގެންފި މީހާ އޭނާގެ ދީނާއި ޢަބުރު ރައްކައުތެރިކޮށްފިއެވެ." 

ވީމާ މުފްތީ މެންކް މިވަނީ އެއްޗެއްގެ ޙަލާލްކަމާއިމެދު ޝައްކު އުފެދޭ ތަކެތި ވެސް ބޭނުން ނުކުރުމަށް ގޮވާލައްވައިފައެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް