އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސާރަ ކުޑަ ނަމަވެސް އެއިގަ ﷲ ބަރަކާތް ލައްވަވައިފިނަމަ ފުދިގެން އުޅެވޭނެ!: މުފްތީ މެންކް

މުސާރަ ކުޑަ ނަމަވެސް އެއިގަ ﷲ ބަރަކާތް ލައްވަވައިފިނަމަ ފުދިގެން އުޅެވޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ލިބޭ އާމްދަނީ މަދު ނަމަވެސް އަދި މުސާރަ ކުޑަ ނަމަވެސް އެއިގައި ﷲ ތަޢާލާ ބަރަކާތް ލައްވަވައިފިނަމަ ފުދިގެން އުފަލުގައި ދުނިޔޭގައި އުޅެވޭނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިސްމާޢީލް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ކުރައްވަމުން ދެއްވި ޚުޠުބާގައި މުފްތީ މެންކް މިއަދު ވިދާޅުވީ އާޚިރަތް ކާމިޔާބުކުރުމަށްޓަކައި ތިމާ ކައިބޮއި އަދި ބޭނުންކުރާ ތަކެއްޗަކީ ޙަލާލް ތަކެތި ހެދުމަކީ ސުވަރުގެ ޙާޞިލުކުރުމަށްޓަކައިވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި އެމީހާގެ ބަނޑަށް ލީ ތަކެއްޗާއި އާމްދަނީ ހޯދި ގޮތާއިމެދު ކޮންމެ މީހަކުވެސް ޤިޔާމަތް ދުވަހުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.  

މުފްތީ މެންކް ވިދާޅުވީ ކޮންމެ މީހަކީވެސް އެމީހެއްގެ ބަނޑު ފުރަންޖެހޭނެ މީހެއް ކަމަށާއި ދުނިޔޭގެ އެންމެންވެސް އެކަމަށް މަސައްކަތްކުރާ ކަމަށެވެ. އަދި ކިތަންމެ ބޭނުންވި ނަމަވެސް ބަނޑު ފުރަންޖެހޭނީ ޙަލާލުގޮތުގައި ހޯދާތަކެތިން ކަމަށެވެ. ކޮންމެ ހާލަތެއްގައިވެސް ޙަރާމް އެއީ ޙަރާމް ކަމަށާއި ޙަލާލް އެއީ ޙަލާލް ކަމަށް އަބަދުވެސް ވިސްނަން ޖެހޭނެ ކަމަށެވެ.

ޙަރާމް ގޮތުގައި ތަނަވަސްކަން އިތުރުކުރި ނަމަވެސް އެއިން ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތް ކަމަށާއި ދުނިޔެ ދޫކޮށްފައި ދާން ޖެހޭނީ އެތަކެތި ދޫކޮށްފައިކަން ކޮންމެ މީހަކުވެސް ޤަބޫލުކުރަން ޖެހޭނެ ކަމަށްވެސް މުފްތީ މެންކް ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް