އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމޫނުގެ ވެރިންނަކީ އެންމެ ނުބައިކަން ބޮޑު މީހުން! ‍- ޙަދީޘް

ދެމޫނުގެ ވެރިންނަކީ އެންމެ ނުބައިކަން ބޮޑު މީހުން! ‍- ޙަދީޘް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

މީސްތަކުންގެ ތެރެއިން އެންމެ ނުބައިކަން ބޮޑު މީހުންނަކީ ދެމޫނުގެވެރިންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެކެއްގެ ގާތަށް އެއް މޫނަކާއިއެކު ގޮސްފައި އަނެކާގެ ގާތަށް ތަފާތު މޫނަކާއިއެކު ގޮސް އުޅޭ މީހުންކަން ވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. މި ދެއްކެނީ ކޮންމެ މީހަކު ގާތަށް ދެވުމުން އެމީހަކު ރުހޭ ގޮތަކަށް ބަސް ބުނެ އަމަލުތައް ކުރާ މީހުންގެ ވާހަކައެވެ. މިއީ މުނާފިޤް ކަމުގެ ސިފައެއް ނަމަވެސް އެކަމަށް ސަމާލުކަން ނުދީ އުޅޭ މީހުން ވަރަށް ގިނަކަން ފާހަގަކުރެވެއެވެ. 

ބައެއް މީހުންގެ ކުރިމަތީގައި އަނެކާ ރުހޭ ގޮތަށް ވާހަކަ ދައްކައިގެން ލިބެން އޮތް ފައިދާއެއް ޙާޞިލުކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް އެކަމުގެ ނުބައިކަން ދަރަޖަކުރަން މިޖެހެނީ މުނާފިޤުންގެ ސިފައެއް ކަމުގައެވެ. ވީއިރު އެއީ ކޮން ފަދަ ނުބައިކަން ބޮޑު ކަމެއްކަން އެނގިގެން ނުދަނީ ހެއްޔެވެ؟ 

ކޮންމެ ފަދަ ޙާލަތެއް ކުރިމަތިވި ނަމަވެސް ދެ މޫނުގެ ވެރިއަކަށް ނުވާށެވެ! އެގޮތުން ހޯދޭ ކޮންމެ ނަފާއަކީ ހަމަ އަލިފާނެވެ. އަލިފާނަކީ ފިނި އެއްޗެއް ކަމަށް ހެދޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެކަން އެންމެންނަށްވެސް އެނގޭނެއެވެ. 

Prophet Muhammad () said,

"The worst of all mankind is the double-faced one, who comes to some people with one face and to others, with another face."

Sahih al-Bukhari 7179

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް