އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖިންސީ ގޯނާކުރުން ހުއްޓުވަން ހަމަ ޙަޤީޤަތުގައިވެސް ބޭނުންވޭ ހެއްޔެވެ؟ ބޭނުންވާ ނަމަ މިކަންކަމަށް ވިސްނައިލާށެވެ!

ޖިންސީ ގޯނާކުރުން ހުއްޓުވަން ހަމަ ޙަޤީޤަތުގައިވެސް ބޭނުންވޭ ހެއްޔެވެ؟ ބޭނުންވާ ނަމަ މިކަންކަމަށް ވިސްނައިލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ކުޑަކުދިންނަށްވެސް ބޮޑެތި މީހުންނަށްވެސް ކުރެވެމުން އަންނަ ޖީންސީ ގޯނާ ކުރުން ހުއްޓުވަން ހަމަ ޙަޤީޤަތުގައިވެސް ބޭނުންވޭ ހެއްޔެވެ؟ އެހެންކަމަށްވާނަމަ އެކަމަށް ބޭނުންވާކަންކަމަށް ފުންކޮށް ވިސްނައިލުން ވަރަށް މުހިންމެވެ.

ޖިންސީ ގޯނާ ކުރުން ހުއްޓުވަން ބޭނުންވާ ނަމަ އެންމެ މުހިންމީ ޤާނޫނުތައް އިޞްލާޙްކޮށް ތަންފީޒުކުރުމެވެ. އެކަމަށް އިސްލާމީ ޝަރީޢަތުގައި ދޭންހުރި އަދަބުތައް ދެވޭ ގޮތަށް ޤާނުނުތައް އިޞްލާޙްކޮށް ކޯޓުތަކުން ޙުކުމް ކުރެވޭނެ ގޮތަށް މަގުފަހިކުރުމެވެ. އަދި އެއްވެސް ފަސްޖެހުމެއް ނެތި ކޯޓުތަކުގެ ޙުކުމްތައް ތަންފީޒުކުރަމުން ގެންދިއުމެވެ.

ދެވަނައަށް އޮތީ ރައްޔިތުންގެ ޒިންމާއެވެ. އެފަދަ ކަމެއް ކުރާކަން އެނގުމުން އެއްވެސް ކަމަކަށް ބިރު ނުގަނެ ޖެހިލުންވެސް ނުވެ އެކަން މުޅި މުޖުތަމައުޢުއަށް ޢާންމުކުރުމެވެ. މުޖުތަމައު އެކުގައި އެކަމަކާއި ދެކޮޅަށް ނުކުތުމެވެ. މުޖުތަމައުގެ ގިނަ ބައަކު އެކަމާއި ކަންބޮޑުވެ ނުކުމެއްޖެ ނަމަ ފިޔަވަޅު އަޅަން ސަރުކާރަށް މަޖުބޫރުވާނެއެވެ.

ހަމައެއާއިއެކު މުޖުތަމައުގެ އެހީތެރިކަންވެސް ބޭނުންވެއެވެ. އެކަން ކުރެވުނީ އަމިއްލަ ޢާއިލާއިން ކަމަށްވާނަމަ އެމީހަކާއިމެދު ފިޔަވަޅު އެޅުމުން އެ ޢާއިލާއަށް ލިބޭ ގެއްލުން ފޫބައްދައިދޭން ރައްޔިތުންގެ އެހީތެރިކަން ނުލިބޭނަމަ އެފަދަ ކަންކަން ހާމަކުރުމަކީ ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ. "ނިގޫފިއްތައިގެން" ތިބެން ޖެހޭ ސަބަބަކީ އެއީއެވެ.

މިސާލަކަށް ބުނާނަމަ ބައްޕަ ހައްޔަރުކުރުމުން ޢާއިލާއަށް ލިބޭ ނިކަމެތިކަން ފޫބައްދައިދޭން ޖެހޭނެއެވެ. އެކަން ކުރެވޭނީ މުޖުތަމައުގެ އެންމެންނަށެވެ. އެންމެންގެ އެހީތެރިކަމާއިއެކުގައެވެ. ޢާއިލާގައި ތިބި ހުރިހާ ދަރިން ސަރުކާރުގެ ބެލުމުގެދަށް ގެންދަން ވެއްޖެނަމަ އޮންނާނީ ކުދިން ގި8ނަވެ ނުބެލެހެއްޓިފައެވެ. މިހާރު ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި މަދު ކުދިންކޮޅު ބެލެހެއްޓުމުގައިވެސް މައްސަލަތައް ކުރިމަތިވަމުން އަންނަކަން އެއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ.

ހަޤީޤަތަކީ އެތަކެތީގެ ޅަ ދަރިންނަށް ޖަނަވާރުވެސް އަނިޔާވެރި ނުވާކަމެވެ. ވީމާ ވިސްނުމާއި ފިކުރުކުރުމުގެ ބާރު ދެއްވަވާފައިވާ އިންސާނުން ޖަނަވާރުންނަށްވުރެ ދަށުދަރަޖައަށް ވެއްޓިގަތުމުން ޖަނަވާރުންނަށްވުރެ ދަށުދަރަޖައިގެ އިންސާނާގެ ކިބައިން މުޅި މުޖުތަމައު ސަލާމަތްކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ. އެކަން ކުރެވޭނީ އިސްލާމީ ޝަރީޢާގައި އޮތް ގޮތަށް އަދަބުދީގެންނެވެ. އެކަން ރާއްޖޭގެ ޢިލްމުވެރިން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް