އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުއްޖާގެ މުނިކާފައަކީ ކުރިންވެސް ޖިންސީ ފުރައްސާރަ ކުރުމުގެ ރެކޯޑު އޮންނަ މީހެއް: ފުލުހުން

ކުއްޖާގެ މުނިކާފައަކީ ކުރިންވެސް ޖިންސީ ފުރައްސާރަ ކުރުމުގެ ރެކޯޑު އޮންނަ މީހެއް: ފުލުހުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު

ގއ. ކަނޑުހުޅުދޫއިން އުމުރުން ދެ އަހަރުނުވާ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، އެކުއްޖާގެ މުނިކާފައަކީ ކުރިންވެސް ޖިންސީ ފުރައްސާރަ ކުރުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން މިއަދު ހާމަ ކޮށްފިއެވެ.

ފުލުހުން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހަކު ހިމެނޭ ގޮތަށް ދެ އަަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލާގައި، އަނިޔާ ލިބުނު ކުޑަކުއްޖާއައި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށައަޅާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ހަވީރު 16:30 އެހާކަންހާއިރު ކަމަށެވެ.

އެ މައްސަލާގައި ވަނީ ކުއްޖާގެ ކާފަ (62އ.) އެކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އަދި އެ ކުއްޖާގެ 82 އަހަރުގެ މުނިކާފަ އަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.

މީގެއިތުރުން އެކުއްޖާގެ މައިންބަފައިންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ ބަޔަކަށްވާތި އަދި އެކުއްޖާގެ މަންމަގެ ހާލު ދެރަވެގެން ޑޮކްޓަރަށް ދެއްކުމަށް ރަށުން ބޭރަށް ދަތުރުކޮށްފައިވާތީ އެހާލަތުގައި އެކުއްޖާ ދިރިއުޅެމުންދިޔަ މާހައުލަކީ ކުުއްޖާއަށް ރައްކާތެރި މާހައުލަކަށް ނުވާތީ، ކުއްޖާގެ މަންމަ ފަރާތުގެ އާއިލާއިން ކުއްޖާގެ މަންމައާއި ހަވާލުކުރުމަށް މަސައްކަތް ކުރުމުން އެކުއްޖާގެ ބައްޕަ އެކަމަށް ހުރަސްއަޅައި ކުއްޖާ ދީފައިނުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ހުށައެޅުމާއެކު އެދުވަހުގެ 19:30 އެހާކަންހާއިރު ކުއްޖާ އުޅެމުންދިޔަ މާހައުލަަށް ޖެންޑާ މިނިސްޓްރީގެ ކޭސް ވޯކަރުންނާއި، ފުލުހުން ގޮސް މައުލޫމާތު ސާފުކުރުމަށްފަހު މެޑިކަލް އެސެސްމަންޓް ހެދުމަށްޓަކައި އެރޭ ސަރަހައްދީ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އެ ކުއްޖާ ޑޮކްޓަރަށް ދައްކައި ބެލިބެލުމުން ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ބެލެވޭތީ ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަަށްޓަަކައި ކުއްޖާގެ އާއިލާގެ ފަރާތު ބޮޑުދައިތައަކާއި ވަގުތީ ގޮތުން ހަވާލުކުރެވުނު ކަމަށް ފުލުހުން ހާމަކުރެއެވެ.

"ކުއްޖާގެ ބޮޑުދައިތައަށް ގިނަ ދުވަސްތަކެއް ވަންދެން ކުއްޖާ ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވުމުގައި ދަތިތަކެއް ހުުރުމާއެކު، ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރުން އެންމެ ރަނގަޅު ފަރާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އެ ކުއްޖާގެ މާމަ ކަމަށްވުމާއި، މާމައާ ކުއްޖާ ހަވާލުކުރުމަށާއި، ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާކަން ފާހަގަ ކުރެވޭތީ، ކުއްޖާއަށް ލިބިފައިވާ ގެއްލުންތައް އިތުރަށް ވަޒަން ކުުރުމަށްޓަކައި 2020 ޖަނަވަރީ 17 ވަނަ ދުވަހުގެ ރޭ 20:30 ހާއިރު ކުއްޖާގެ މަންމަ ފަރާތު ބޮޑުދައިތައެއްގެ ހަވާލުގައި ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ކުއްޖާ މާލެ ގެނެވި ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައިވޭ" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ