އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުއްޖާގެ ބައްޕަ ފިލާކަށް މަސައްކަތެއް ނުކުރޭ، އަންނަނީ ފުލުހުންނަށް އެއްބާރުލުން ދެމުން: ފުލުހުން

ކުއްޖާގެ ބައްޕަ ފިލާކަށް މަސައްކަތެއް ނުކުރޭ، އަންނަނީ ފުލުހުންނަށް އެއްބާރުލުން ދެމުން: ފުލުހުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 31 ސިކުންތު

ގއ. ކަނޑުހުޅުދޫ ގައި އުމުރުން ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލިފައިވާ ތިން މީހުންގެ ތެރެއިން، އެކުއްޖާގެ ބައްޕަ، ފިލަން މަސައްކަތް ނުކުރާ ކަމަށާއި އޭނާ އަންނަނީ ފުލުހުންނަށް އެއްބާރުލުން ވެސް ދެމުން ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި ޖެންޑާ މިނިސްތްރީން ގުޅިގެން މިއަދު މެންދުރު އިސްކަންދަރުކޮށީގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލުމާތު ދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ، އެކުއްޖާގެ ބައްޕަ ފިލިކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާއި ޚިލާފު ވާހަކައެއް ކަމަށާއި ކުއްޖާގެ ބައްޕަ ނުފިލާ ކަމަށެވެ. އަދި އޭނާ އަންނަނީ ފުލުހުންނަށް އެއްބާރުލުން ދެމުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ނަމަވެސް އިއްޔެ އޭނާ ހުރިކަމަށް ބުނާ ހުޅުމާލޭ ފްލެޓު ކައިރިއަށް މީހުން އެއްވެ ތިބުމުގެ ސަބަބުން، އެހާލަތުގައި އޭނާ ފަސޭހައިން އެތަނުން ނުނެރެވުނު ކަމަށާއި އޭނާ ނެރުން ލަސްވީ އެހާލަތުގެ ގޮތުން ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވެފައިވަނީ މިމައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތު ކުރެވެނީ ދެ މީހަކަށް ކަމަށެވެ. އެ މައްސަލާގައި ހިމެނޭ އެކަކަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތަކެއް ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު އިތުރަށް ކުރިޔަށްދާއިރު އެ ތުހުމަތު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އިހުމާލުވި ތުހުމަތު ކުރަނީ ކާކަށް ކަމެއް ނުބުނެ އެވެ.

އިއްޔެ ހުޅުމާލެގައި ހިނގި ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ކުއްޖާގެ ބައްޕަ ދިރިއުޅުނު ހުޅުމާލޭ 108 ނަމްބަރު ފްލެޓް ސަރަހައްދުގައި އިއްޔެ ހިންގި އެއަމަލުތަކަކީ ވަރަށް ހިތާމަވެރި އަަމަލުތަކެއް ކަމެއް ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

"ކުޑަ ކުއްޖެއްގެ ހިމާޔަތުގައި ނިކުމެ އެ ހިންގި އަމަލުތަކަކީ ވަރަށް ހިތާމަވެރި އަމަލުތަކެއް. އެތަނުގައި ހިންގި އަމަލުތަކުގެ ސަބަބުން އެ ފްލެޓުގައި ދިރިއުޅުނު އެތައް ކުޑަކުދިންނެއް އެތެރޭގައި ތާށިވެފައި ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ތިބި. ހަގީގަތަކީ ކުއްޖާގެ ބައްޕަ ފިލައިގެން އުޅޭ މީހެއް ނޫން މި މައްސަލައިގަ. ކުއްޖާގެ ބައްޕަގެ އެއްބާރުލުން ތަހުގީގަށް ފުލުހުންނަށް ވަރަށް ރަނގަޅަށް ލިބެމުންދޭ. ދެން ކުއްޖާގެ ބައްޕަ ފްލެޓްގަ ހުރިއިރުގަ ފްލެޓް ދޮށަށް ކުއްލިއަަކަށް ވަރަށް ގިނަ މީހުން އެއްވި ކަމުގެ މައުލޫމާތެއް ލިބިގެން އެތަނަށް އަޅުގަނޑުމެން ދިޔައިރުގަ އަޅުގަނޑުމެންނަށް ގަބޫލުކުރެވުން އެހާލަތުގަ ކުއްޖާގެ ބައްޕަ ނެރެގެން ގެންދިއުމުން ކުއްޖާގެ ބައްޕައަށް އޭގެއިން ނުރައްކާތެރިކަމެއް އޮތްކަމަށް ގަބޫލުކުރެވޭތީ އެ ލަސްވި ލަސްވުމެއް އައީ،" ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވިއެވެ.

އިއްޔެ ހިނގި އެހަމަނުޖެހުމުގެ ސަބަބުން އަންހެނަކާއި ތިން ކުޑަކުދިން ހައްޔަރު ކުރަން ޖެހުމުގެ އިތުރުން އާއްމުންގެ ބައެއް މީހުންނަށާއި 17 ފުލުހަކަށް ވެސް އެކިވަރުގެ އަނިޔާތައް ލިބުންކަން އެސްޕީ ދާއޫދް ފާހަގަ ކުރެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ