އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޯޑެއްދޫއިން މީހަކު ގެއްލިގެން ހޯދަނީ، އެންމެ ފަހުން ފެނިފައިވަނީ ޖެޓީ ސަރަޙައްދުން!

ހޯޑެއްދޫއިން މީހަކު ގެއްލިގެން ހޯދަނީ، އެންމެ ފަހުން ފެނިފައިވަނީ ޖެޓީ ސަރަޙައްދުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ގދ. ހޯޑެއްދޫއިން އުމުރުން 22 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ހޯޑެއްދޫ/ސަތަވަރީގެ (މިހާރު ދިރިއުޅެމުން ދަނީ އެރަށު އިރަމާގޭ)،އަލީ ޝަޒްވާން ކިޔާ މީހެކެވެ. 

ޝަޒްވާންގެ އާއިލާގެ ފަރާތުން "މިއަދުނޫހަށް" މައުލޫމާތު ދެމުން ބުނީ، ޝަޒްވާން އިއްޔެ ހަވީރު 17:00 ހާއިރު ގެއިން ނިކުމެގެން (އާދައިގެމަތިން ބޭރަށް ނިކުމެލާ ގޮތަށް) ދިޔަކަމަށެވެ. އެއަށްފަހު ގެއަށް ނުދިޔަ ނަމަވެސް ރަށުގެ ބައެއް މީހުންނަށް އޭނާ ރޭ 21:00 ހާއިރު ޖެޓީ ސަރަޙައްދުން ފެނިފައިވާ ކަމަށެވެ.

ޝަޒްވާން ހޯދަން މަސައްކަތް ކޮށްދިނުމަށް އާއިލާގެ ފަރާތުން، އެރަށު ކައުންސިލަށް ވެސް އަންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

"ކޮއްކޮ އެންމެ ފަހުން ލައިގެން ހުރީ 'ރިޕްކާރލް' ޖަހާފައި ހުރި ނޫ ކުލައިގެ ޓީޝާޓަކާއި ކަކޫމަތިން ކަފާފައި ހުންނަ ވައްތަރުގެ މަޑު ނޫ ކުލައިގެ ޖިންސެއް. މިހާރު 24 ގަޑިއިރަށްވުރެ ގިނައިރު ވެއްޖެ ކޮއްކޮ ގެއްލުނުފަހުން" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަލީ ޝަޒްވާން ހޯދައިދިނުމަށް އާއިލާގެ ފަރާތުން އެންމެންގެ އެހީތެރިކަމަށް އެދެއެވެ.

މިމައްސަލައާއި ގުޅޭގޮތުން ފުލުހުން ވިދާޅުވެފައިވަނީ، ހޯޑެއްދޫއިން ދިވެހި ފިރިހެނަކު ގެއްލިގެން މިރޭ 21:37 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށާއި އެރިޕޯޓާއި ގުޅިގެން އެމީހާ ހޯދުމަށް އެރަށަށް ދިޔުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ