އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލާ ކޮލެޖާ ޔުނިވަރސަލް ފައުންޑޭޝަން ގުޅިގެން ހިންގާ ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމްގަ މިއަހަރު ސާޅީސް ދަރިވަރުންނަށް ފުރުޞަތު!

ވިލާ ކޮލެޖާ ޔުނިވަރސަލް ފައުންޑޭޝަން ގުޅިގެން ހިންގާ ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމްގަ މިއަހަރު ސާޅީސް ދަރިވަރުންނަށް ފުރުޞަތު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު

ވިލާ ކޮލެޖާ ޔުނިވަރސަލް ފައުންޑޭޝަން ގުޅިގެން ހިންގާ "ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމް" މިއަހަރު 40 ދަރިވަރުންނަށް ފުރުޞަތު ދޭން ނިންމައިފިއެވެ.

މިކޯހަށް ބައިވެރިން ހޮވަނީ މުޅި ރާއްޖެއަށް ފުރުޞަތު ހުޅުވާލައިގެންނެވެ.

2020 ވަނަ އަހަރު ފަށާ 4 ވަނަ ބެޗުގެ ކޯހަށްވަނުމުގެ އެޕްލިކޭޝަން 19 ޖެނުއަރީ 2020 ގައި ވަނީ ހުޅުވާލައިފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ފަހު ތާރީޚަކީ 22 ފެބުރުއަރީ 2020 އެވެ. ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމް ވިލާކޮލެޖަށް ނުވަތަ ޔުނިވަރސަލް އެންޓަރޕްރައިސަސްގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ވެސް ހުށަހެޅިދާނެއެވެ. އަދި އޮންލައިންކޮށްވެސް ވިލާކޮލެޖަށް އެޕްލިކޭޝަން ފޮނުވިދާނެއެވެ. 

މިކޯހުގައި ކިޔަވައިދޭނީ ފަތުރުވެރިކަމުގެ ދާއިރާގެ މުހިއްމު 3 ބައި ކަމުގައިވާ، ފްރޮންޓް އޮފީސް، ހައުސް ކީޕިން އަދި ފުޑް އެންޑް ބޭވަރޭޖް ސަރވިސަސް އެވެ.

ކޯސް ފަރުމާކުރެވިފައިވަނީ %20 ތިއަރީ އަދި %80 ޕްރެކްޓިކަލް ހިމެނޭ ގޮތަށެވެ. ތިއަރީ ކްލާސްތައް ކުރިއަށް ގެންދެވެނީ ވިލާކޮލެޖު ގައެވެ. އަމަލީ ތަމްރީނުތައް ކުރިއަށް ގެންދެވެނީ ޔުނިވަރސަލް ރިސޯޓްތަކުގައެވެ. 

ހުރިހާ ޚަރަދެއް ޔުނިވަރސަލް ފައުންޑޭ×ޝަނުން ކުރާ  މިކޯހުގެ މުއްދަތުގައި މަހަކު -/3000 (ތިންހާސް) ރުފިޔާ ކޮންމެ ބައިވެރިއަކަށް ތަމްރީނުހޯދާ ރިސޯޓުން ދޭނެއެވެ. ކޯސް ނިންމި ދަރިވަރުންގެ ތެރެއިން ގާތްގަޑަކަށް  %80 ނުވަތަ އެއަށްވުރެ ގިނަ ދަރިވަރުން މިހާރު ތިބީ ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާ ގައެވެ.  

މި ޕްރޮގްރާމަކީ ޔުނިވަރސަލް ފައުންޑޭޝަންގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހިންގޭ ޕްރޮގްރާމެކެވެ. ޔުނިވަރސަލް ފައުންޑޭޝަނަކީ ޔުނިވަރސަލް ގްރޫޕްގެ ފަރާތުން އިޖުތިމާޢީ ޒިންމާގެ ޙަރަކާތްތައް ހިންގުމަށް އެކުލަވާލެވިފައިވާ ޖަމާއަތެކެވެ. 

ސްކޫލް ނިންމާ ކުދިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުމަށް ޖެހިލުންވުން ނުވަތަ މަސައްކަތް ކުރުމަށް ބޭނުންނުވާ ސަބަބުތައް ދެނެގަތުމަކީ ދިވެހި ފަތުރުވެރިކަމުގެ ދާއިރާއިން، ޚާއްޞަކޮށް މިދާއިރާގެ އެއް މޭސްތިރިޔާ ޔުނިވާރސަލް ގްރޫޕްގެ ޗެއަރމަން މުޙައްމަދު ޢުމަރު މަނިކު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެކެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި ސްކޫލު ނިންމާ މިދާއިރާއާއި ގުޅުނުކުދިންގެ ނިސްބަތްވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިސަބަބުތައް ދެނެގަތުމަށްޓަކައި ޔުނިވަރސަލް ފައުންޑޭޝަނުން ކުރި އަސާސީ ދިރާސާއަކުން އެނގުނީ ސްކޫލު މުޤައްރަރުތައް ހެދިފައިވާނީ ފަތުރުވެރިކަމުގެ ދާއިރާގެ މަޢުލޫމާތާ ހުނަރު އެހާބޮޑަށް ހިމެނިފައި ނުވާގޮތަށެވެ. އަދި ދަރިވަރުންނަށް މިދާއިރާގެ މަޢުލޫމާތާއި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ މަޢުލޫމާތު ލިބިފައިވަނީ ވަރަށް ކުޑަކޮށްކަންވެސް ފާހަގަކުރެވުނެވެ. 

މިދިރާސާގެ އަލީގައި ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންނާއި ހިއުމަން ރިސޯސް މެނޭޖަރުންގެ ލަފާ ހޯދުމަށްފަހު ޔުނިވަރސަލް ފައުންޑޭޝަނުން ނިންމީ، ސްކޫލު ނިންމާ ދަރިވަރުންނާއި މިދާއިރާއިން ކުރިއަށްދިއުމަށް ޝައުޤުވެރިވާ ޒުވާނުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ހިންގުމަށެވެ. މިގޮތުގެ މަތީން " ޑިސްކަވަރ ހޮސްޕިޓަލިޓީ " ޕްރޮގަރާމް މިވަނީ ވުޖޫދަށް ގެނެވިފައެވެ. މި ޕްރޮގްރާމް ކުރިއަށް މިގެންދެވެނީ ޔުނިވާރސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖާއި ގުޅިގެންނެވެ. ޔުނިވަރސަލް ފައުންޑޭޝަނުން މި ޕްރޮގްރާމް ހިންގުމަށް ވިލާކޮލެޖު އިޚްތިޔާރުކުރީ، ވިލާކޮލެޖަކީ ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒު ތަކުގެ ތެރެއިން އެންމެ ރަނގަޅު އަދި މިފަދަ ޕްރޮގްރާމެއް ހިންގުމުގައި އެންމެ ގާބިލު ކޮލެޖުކަމަށް ޤަބޫލުކުރެވޭތީއެވެ.  

• ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމް ފެށުނީ 2017 ވަނަ  އަހަރުއެވެ. މިހާތަނަށް 2 ބެޗްގެ ބައިވެރިން ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ. 

• 2017 ވަނަ އަހަރު 15 ބައިވެރިން ކޯސް ފުރިހަމަކޮށްފައިވެއެވެ.

• 2018 ވަނަ އަހަރު 22 ބައިވެރިން ކޯސް ފުރިހަމަކޮށްފައިވެއެވެ.

• 2019 ވަނަ އަހަރު 28 ބައިވެރިން ކޯސް ފުރިހަމަކޮށްފައިވެއެވެ.

• 2020 ވަނަ އަހަރު 40 ބައިވެރިން ކޯސް ހެދުމަށްވަނީ ހަމަޖެހިފައެވެ. 

ވިލާ ކޮލެޖުން ބުނީ މި މޮޑެލް މިހާތަނަށް ވަރަށް ކާމިޔާބުކަމަށް ފާހަގަ ކުރާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް