އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސޫލާ (ޞޢވ) އާއިއެކު ސުވަރުގޭގައި ވުމަށް އުންމީދުކުރާ މީހާއަށް ﷲ ދެއްވެވި މި ޚަބަރުން ފުދޭނެ!

ރަސޫލާ (ޞޢވ) އާއިއެކު ސުވަރުގޭގައި ވުމަށް އުންމީދުކުރާ މީހާއަށް ﷲ ދެއްވެވި މި ޚަބަރުން ފުދޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

އިސްލާމް ދީނަކީ ތަޅާފޮޅާމުން ދިއަ އަތްތައް އަނިޔާއިން މީހުން ސަލާމަތްކުރާ އަތްތަކަށް، މީހުންގެ އަތުން ފޭރެމުން ދިއަ އަތްތައް ދީލަތިކަމުން މީހުންނަށް ޞަދަޤާތްކުރާ އަތްތަކަށް، މީހުންނަށް ގެއްލުން ދެމުން ދިއަ އަތްތައް ދުޢާކުރަން އުފުލާ އަތްތަކަށް ބަދަލުކޮށްލި ދީނެވެ. 

މިއަދު މިތިބީ ވެސް ހަމަ އެ އިސްލާމް ދީނުގައި ތިބި މުސްލިމުންނެވެ. އަހަރެމެންގެ ޢަމަލުތައް މިއަދު ހުރީ ހަމަ މިމަގުންހެއްޔެވެ؟ އަހަރެމެންގެ އަތްތަކުން މިއަދު މިކުރަނީ ހަމަ އެކަންކަން ހެއްޔެވެ؟ މިއީ ހަމަ ކޮންމެ މީހަކުވެސް އެމީހާގެ އަމިއްލަ ނަފްސާއި ކޮށްލަން މުހިންމު ސުވާލެކެވެ. 

ހަމައެކަނި ތިމާއަކީ ވެސް މުސްލިމަކު ކަމުގައި ބުނުމަކުން އެމީހަކީ ޞާލިޙް އަޅަކަށް ނުވެއެވެ. ޞާލިޙް އަޅަކަށް ވެވޭނީ ޞާލިޙް އަޅުން ޢަމަލުކުރި ފަދައިން ޢަމަލުކުރުމުންނެވެ. އެކަން ބަޔާން ކުރައްވަވައި ﷲ ތަޢާލާ ވަހީ ކުރައްވަވާފައިވެއެވެ. "އަދި އީމާންވެ ޞާލިޙް ޢަމަލުތައް ކުޅަމީހުން (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ޞާލިޙް އަޅުންގެ ތެރެއަށް ވައްދަވާހުށީމެވެ." (އަލް ޢަންކަބޫތު: 9)

އުފާކުރަންވީ ޚަބަރަކީ މިއީއެވެ. އަހަރެމެންނަށް ރަސޫލް (ޞޢވ) އާއި މިދުނިޔޭގައި ބައްދަލުނުވި ނަމަވެސް އަހަރެމެންގެ ދުލާއި އަތްތަކުން ޞާލިޙް ޢަމަލުތައް ކޮށްފިނަމަ ލިބިގެން މިދަނީ އަހަރެމެންވެސް ހަމަ ރަސޫލް (ޞޢވ) އަރިއަހުގައި ޞަޙާބީންނާއިއެކު ސުވަރުގޭގައި ލައްވަވާނެ ކަމުގެ އުފާވެރި ޚަބަރެވެ. އިތުރަށް ބޭނުންވާނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް