އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޫނު ޚަބަރު: ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް މަޖިލީހުގެ ރައީސް ނަންގަވައިފި!

ހޫނު ޚަބަރު: ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް މަޖިލީހުގެ ރައީސް ނަންގަވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް މަޖިލީހުގެ ރައީސް ނަންގަވައިފިއެވެ. އެކަން އެނގިގެން ދިއައީ މަޖިލީހުގެ އިދާރާއިން ކުރި ޓްވީޓަކުންނެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި ޓްވީޓްގައި ބުނެފައިވަނީ "ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމެވި ނިންމެވުންތައް ތަންފީޛުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް އަންގަވައިފި." ކަމަށެވެ. 

ރާއްޖޭގައި ވެރިކަން ކުރަނީ 3 ބާރަކުންނެވެ. އެހެން އިބާރާތަކުން ބުނާނަމަ ރާއްޖޭގައި އޮތީ 3 ބާރު ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެކެވެ. އެއީ ވެރިކަން ހިންގުމުގެ ބާރާއި ރައްޔިތުންގެ މަޖިލިސް ކަމަށް ބުނާ ޤާނޫނު ހަދާ މަޖިލީހާއި ޝަރުޢީ ނިޒާން ނުވަތަ ޖޫޑިޝަރީމެވެ. މިއިން އެއްވެސް ބާރަކުން އަނެއް ބާރުގެ މައްޗަށް އަތްގަދަކޮށް ކަންކަން ކުރެވޭގޮތަކަށް ޤާނޫނު އަސާސީއަކު ނެތެވެ.

ޤާނޫނު ހަދާ މަޖިލީހުގެ ދައުރަކީ ކަންކަމުގައި ފެންނަ ގޮތް ވެރިކަން ހިންގާ ބާރަށް ހުށަހެޅުމާއި ޤާނޫނުތައް ފާސްކުރުމެވެ. އެކަންކަން ތަންފީޒުކުރުމަކީ ވެރިކަން ހިންގާ ބާރު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެކެވެ. 

މި ޓްވީޓުން އެނގިގެން މިދަނީ ސަރުކާރުގެ މުއައްސަސާތަކަށް މަޖިލީހުގެ ރައީސް ސީދާ ބާރު ހިންގަން ފަށައިފިކަމެވެ. މަޖިލީހުގެ ރައީސް ޖެންޑަރ މިނިސްޓްރީއަށް އަމުރުކުރައްވަން ފަށްޓަވައިފިކަމެވެ. އެކަމުން އެނގިގެންދަނީ މަޖިލީހުގެ ރައީސް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އަތްގަދަކުރައްވައިފި ކަމެވެ. ރައީސުލްޖުމްހޫރިއްޔާ އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޤާނޫނީ މަސްއޫލިއްޔަތުތައް ރައީސުލްޖުމްހޫރިއްޔާ އާއި ނުބައްސަވައި މަޖިލީހުގެ ރައީސް އަމިއްލަފުޅަށް އަދާކުރައްވަން ފަށްޓަވައިފި ކަމެވެ. 

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކޮށްފައި ނުވާއިރު ކަންކަން މިދަނީ ކޮން މިސްރާބަކަސްކަން ވަރަށް ބޮޑަށް މިވަނީ އޮޅިފައެވެ. މިއީ މިހާރު ރާއްޖޭގައި ވެރިކަން ހިންގާ ގޮތް ކަމަށްވާނަމަ ޤާނޫނު އަސާސީ އާއި ދިމައެއް ނުވެއެވެ. އެހެންކަމުން ރާއްޖޭގެ ވެރިކަން ހިންގުން މިހާރު މިއޮތީ ކޮންގޮތަކަށް ކަމާއިމެދު ވަރަށް ބޮޑެތި އޮޅުންތަކެއް މިވަނީ ކުރިމަތިވެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް