އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުވެއިތުގެ އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ސީއީއޯއާ ނައިބު ރައީސް ބައްދަލުކުރައްވައިފި

ކުވެއިތުގެ އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ސީއީއޯއާ ނައިބު ރައީސް ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ދަޢުވަތަކަށް މިހާރު ކުވެއިތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ފައުންޑޭޝަންގެ ޗެއަރމަން އަދި ޗީފް އެގްޒރކެޓިވް އޮފިސަރ ތަލާލް ޚަލިފާ އަލް ޖެރީގެ އިތުރުން ކުވެއިތުގެ ބައެއް ޖަމުޢިއްޔާ ތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ނައިބު ރައީސް ފައިޞަލް ނަސީމް ކުވެއިތުގެ ޖަމުޢިއްޔާތަކާއެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައި ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ އިތުރުން ޤުރްއާން އަދި ޢަރަބި ކިޔަވައިދޭ މުދައްރިސުން ހޯދުމާއި، ދީނީ އެއްބައިވަންތަކަމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެކި ގޮތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

އަދި އެމަނިކުފާނު ވަނީ އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ދަށުން ހިންގާ 20 ސްކޫލްގެ ތެރެއިން ކުވެއިތުގައި ހުންނަ އަޖިއަލް ބައިލިންގުއަލް ސްކޫލަށާއި، އެމެރިކަން ޖަރމަން ސްކޫލަށް އިޔެއް ޒިޔާރަތްކުރައްވައި އެ ސްކޫލްތަކުގައި ހުރި ވަޞީލަތްތައް ބައްލަވާލައްވާފައެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ފަރާތުން ވަނީ ރާއްޖޭގެ ސްކޫލްތަކަށް40,000 ފޮތް ހަދިޔާކުރައްވާފައެވެ. މީގެއިތުރުން އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ފަރާތުން ވަނީ އިސްލާމިކް މިނިސްޓްރީއަށް 10,000 މުސްހަފް ހަދިޔާކޮށް، ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމަށް ޝައުޤުވެރިވާކަން ފާޅުކޮށްފައެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެ ވަޑައިގަންނަވައެވެ.

މިޒިޔާރަތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރް އަޙްމަދު ޒާހިރު ވަނީ ކުވެއިތުގެ ބައިތުލް ޒަކާތުގެ އިސް ބޭފުޅުންނާ ވެސް ބައަދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ