އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަނބަލުންގެ ސުވާލަށް ޖަވާބު!: ފިރިމީހާ ބޭރުން އުފާ ހޯދާނަމަ އެއީ އަނިޔާވެރިކަން! ވަރިއަށް އެދުމަކުން ފާފައެއް ނެތް!

ކަނބަލުންގެ ސުވާލަށް ޖަވާބު!: ފިރިމީހާ ބޭރުން އުފާ ހޯދާނަމަ އެއީ އަނިޔާވެރިކަން! ވަރިއަށް އެދުމަކުން ފާފައެއް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

"އަނބިމީހާ ގޭގައި ނިންދަވާފައި ފިރިމީހާ ހީލޭ އަންހެނުންގެ ކިބައިން އުފާ ހޯދުމުގެ ޙުކުމަކީ ކޮބައިތޯ" ބައެއް އަންހެނުން ސުވާލުކުރެތެވެ. އިއްޔެވެސް މިފަދަ ސުވާލުތައް ކޮށްފައި ހުރުމުން ބުނަމެވެ. 

އަނބިމީހާ ނިންދަވާފައި ނުވަތަ ނިދަން ގޭގައި ބާއްވާފައި ފިރިމީހާ ބޭރުން އުފާ ހޯދާނަމަ އެއީ އަނިޔާވެރިކަމެވެ! އެއީ ހަމައެކަނި އަނބިމީހާއަށް ދެވޭ އަނިޔާވެރިކަމެއް ނޫނެވެ. އަމިއްލަ ނަފްސަށް ވެސް ލިބިގަނެވޭ އަނިޔާވެރިކަމެކެވެ. އެހެނީ ޒިނޭކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. އެންމެ ގަދަފަދަ ޢަޛާބް ދެއްވަވާ އެއް ފާފައައެވެ. 

ފާފައިގެ ބޮޑުކަން ނިކަން ދެކެބަލާށެވެ! ކައްވަޅުގައި ވެސް އޮންނަން ޖެހެނީ އަލިފާނުން އަނދައަނދައެވެ. އަލިފާނުގެ ޗޭމްބަރެއް ފަދަ ތަނެއްގައެވެ. ސަލާމަތްވުމަށް މަސައްކަތްކުރަމުން އައިސް އެންމެ ދަހިލަވާ ހިސާބުން ހުޅުގަނޑު އައިސް ދަމައި ތިރިއަށް ވައްޓާލައެވެ. 

މިކަމުގައި ތިއަ ލޮބުވެތިކަނބަލުންވެސް ވިސްނައިލަން ޖެހޭނެއެވެ! މިދެކެނީ ހިލޭ އަންހެނުންގެ ގާތަށް ދާ ވާހަކަ އާއި ޒިނޭ ކުރުމުގެ ވާހަކައެވެ. މި ދެކަންތައް ވެސް ކުރެވެނީ ތިއަ ޖިންސުގެ ބައިވެރިވުމާއިއެކުގައެވެ. ވީމާ ތިއަ ކަނބަލުން އެކަކު އަނެކަކަށް ހަމްދަރުދީވެފައި ނަމަވެސް މިފަދަ މުޞީބާތްތަކުން މުޖުތަމައު ސަލާމަތްކުރުން ކީއްހެއްޔެވެ؟ ހަމަ އެއާއިއެކު ޒިނޭގެ ފާފައަށް ބެލިނަމަވެސް މަރުވެ ވަޅުލެވުމުން ކުރިން ބަޔާން މިކުރި އަލިފާނުގެ ޗޭމްބަރަށް ޖެހޭނީ ހަމަ ޒިނޭކުރާ އަންހެނުންނަށްވެސް ވަންނާށެވެ! 

ކޮންމެއަކަސް ފިރިމީހާގެ ކިބައިން މުންކަރާތްތަކަށް އަރައިގަތުމުގެ އަމަލުތައް ފެންނަނަމަ އެކަންކަން ހުއްޓުވަން މަސައްކަތްކުރާށެވެ. ޖަމާދަށް ނުދިއުމާއި ޤަޞްދުގައި ރަމަޟާންމަހުގެ ރޯދަ ނުހިފުމާއި ޒިނޭކުރުމާއި ބަނގުރާ ބުއިމާއި މިޔުޒިކަށް ދެވިހިފާފައި ހުރުން ފަދަ މުންކަރާތްތައް ފިރިމީހާގެ ކިބައިން ފެންނަނަމަ ފުރަތަމަ ނަޞޭޙަތްތެރިވާށެވެ. އެއަށްފަހު ވަރިވާނެ ކަމުގެ އިންޒާރުވެސް ދޭށެވެ. އެވަރުންވެސް އިޞްލާޙް ނުވި ނަމަ، އެފަދަ އަމަލުތައް ކުރުން ނުހުއްޓިނަމަ ވަރިއަށް އެދުމަކުން ފާފައެއް ނެތެވެ!

ނަމަވެސް ވިސްނުންތެރިވާންވާނެއެވެ. ޙިކްމަތްތެރިވާންވާނެއެވެ. ވަރިއަކީ ހުއްދަ ކަމެއް ނަމަވެސް ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ރުހިވޮޑި ނުގަންނަވާ އަމަލުކަމުގައިވުމުން ވަރީގެ ވާހަކަ ދެއްކުމަކީ ވެސް ކުރާ އެންމެ ފަހު ކަންތައް ކަމުގައި ނޫނީ ނުހަދާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް