އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް އާމިނަތު ޝިފާނާ އައްޔަން ކޮށްފި

ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް އާމިނަތު ޝިފާނާ އައްޔަން ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް އާމިނަތު ޝިފާނާ މިއަދު އައްޔަން ކުރައްވައިފިއެވެ.ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޝިފާނާ އައްޔަން ކުރެއްވީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޝިފާނާ ވަނީ 1999 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2010 ވަނަ އަހަރުގެ ޖޫން އާއި ހަމަޔަށް ފޮރިން މިނިސްޓްރީގެ އެކި މަޤާމުތައް އަދާކުރައްވާފައެވެ. ފޮރިން މިނިސްޓްރީގައި އެންމެ ފަހުން އަދާކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމެވެ.

ޝިފާނާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމުގައެވެ.
ޝިފާނާވަނީ ބިޒްނަސް މެނޭޖްމަންޓް ދާއިން 2004 ވަނަ އަހަރު ބެޗެލަރސް ޑިގްރީ ހާސިލްކުރައްވައި، 2007 ވަނަ އަހަރު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު