އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ތަނަވަސްކަން ދެއްވެވުމަކީ ފަސްސަތޭކަ އަހަރު ފަހުން ސުވަރުގެ ވަންނަން ޖެހިދާނެ ސަބަބަކަށް ނުހަދާށެވެ!

ﷲ ތަނަވަސްކަން ދެއްވެވުމަކީ ފަސްސަތޭކަ އަހަރު ފަހުން ސުވަރުގެ ވަންނަން ޖެހިދާނެ ސަބަބަކަށް ނުހަދާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

އިންސާނުންގެ ތެރެއިން ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ބައަކަށް ތަނަވަސްކަން މިންވަރު ކުރައްވަވަތެވެ. ހަމަ އެންމެ ބޭނުންފުޅަކުއެވެ. ތަނަވަސްކަން ލިބުމުން ޢަމަލުކުރާ ގޮތް އިމްތިޙާންކުރެއްވެވުމަށްޓަކައެވެ. ނަމަވެސް ހިތާމައަކީ ތަނަވަސްކަން ދެއްވެވުމުން ގިނަ މީހުންނަށް އެކަން ޤަބޫލު ނުކުރެވޭ ކަމެވެ. 

ނަތީޖާއަކަށް ވެގެންދަނީ ތަނަވަސްކަން ދެއްވެވި މީހުންނަށްވުރެ 500 އަހަރު ކުރިން ފަޤީރުން ސުވަރުގެ ވަންނަ ކަމެވެ. ތަނަވަސްކަން ދެއްވެވުމުން ފައިސާގައި ބަގުޑި ބައްދައި ފައިސާއަށް ސަޖިދަކުރާ ޙާލަތަށް މީހުންގެ ކަންކަން ދާތީއެވެ. ފަޤީރުން ﷲ ތަޢާލާއަށް ސަޖިދަކުރުމުގައި ދެމިތިބީތީއެވެ.  

ހަމައެއާއިއެކު ތަނަވަސްކަން ދެއްވެވި މީހުންގެ ތެރެއިން އެ ނިޢްމަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހޭނެ ބައަކުވެސް ތިބޭނެއެވެ. ވީމާ ތަނަވަސްކަމުގެ ބޭނުން ﷲ ތަޢާލާ އަނގަވާފައިވާ ގޮތުގައި ހިފާށެވެ! އެކަމުން ހޯދެން އޮތް އެންމެ ބޮޑު މަންފާއެއް އާޚިރަތަށްޓަކައި ލިބިގަންނާށެވެ!

"ހަމަކަށަވަރުން ا، ތިއަބައިމީހުންނަށް، އެކަލާނގެ ވަޢުދުފުޅު ފުއްދަވައި ދެއްވެވިއެވެ. އެކަލާނގެ އިޛްނަފުޅާލައިގެން ތިއަބައިމީހުން އެ ކާފިރުން ޤަތުލުކޮށް ނެތިކުރަމުން ދިއަހިނދުގައެވެ. ތިއަބައިމީހުން ހިތްއެދޭ ކަންތައް ތިއަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްކެވުމަށްފަހު، ތިއަބައިމީހުން އުރެދި، އަދި (ރަސޫލާ އެންގެވި) ކަންތަކުގައި ތިއަބައިމީހުން ދެބަސްވެ، ފިނޑިވެއްޖައުމަށް ދާންދެނެވެ. ތިއަބައިމީހުންގެ ތެރޭގައި ދުނިޔެ އެދޭ މީހުންވެއެވެ. އަދި، ތިއަބައިމީހުންގެ ތެރޭގައި އާޚިރަތް އެދޭމީހުންވެސްވެއެވެ. ދެން، އެ ކާފިރުންގެ ކިބައިން ތިއަބައިމީހުން އެއްކިބާ ކުރެއްވެވިއެވެ. އެއީ، ތިއަބައިމީހުން އިމްތިޙާން ކުރެއްވުމަށްޓަކައެވެ. އަދި، ހަމަކަށަވަރުން އެކަލާނގެ ތިއަބައިމީހުންނަށް ޢަފޫ ކުރެއްވެވިއެވެ. ﷲ އީ، މުއްމިންތަކުންގެ މައްޗަށް ފަޟްޟް ވަންތަވެރި ރަސްކަލާނގެއެވެ." (އާލް ޢިމްރާން: 152)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް