އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިންގެ ހަޔާތް ކުރިއަރުވަން ބޭނުންނަމަ ހަމަ އެކަކުވެސް އެހައި ގާތް ނުކުރާށެވެ!

ދެމަފިރިންގެ ހަޔާތް ކުރިއަރުވަން ބޭނުންނަމަ ހަމަ އެކަކުވެސް އެހައި ގާތް ނުކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

މީސްތަކުން މިތިބީ 2 ބައަކަށް ބެހިފައެވެ. އެއީ އުފާވެރިކަން ބޭނުން މީހުންނާއި އުފާވެރިކަމަށް މާބޮޑު ސަމާލުކަމެއް ނެތް ނުވަތަ ޝައުޤުވެރިކަމެއް ނެތް މީހުންނެވެ. އެފަދަ މީހުންނަކީ ކޮންމެ ގޮތެއް ވަރިހަމަ މީހުން ކަމުގައިވެސް ބުނެވިދާނެއެވެ. 

ކޮންމެއަކަސް ހުރިހާ ބުރަތަކާއި ޒިންމާތައް މިއަންނަނީ އުފާވެރިކަން ބޭނުންވާ މީހުންނާއި ދިމާއަށެވެ. ސަބަބަކީ އުފާވެރިކަން ލިބެން އަންނަނީ ބުރަ މަސައްކަތްތަކެއް ކޮށްގެންކަމަށްވާތީއެވެ. ބައެއް މީހުން ވަރަށް ހުޝިޔާރެވެ! ގަދައަޅައި މަސައްކަތްކޮށްގެން އުފާވެރިކަން ހޯދައެވެ. އަދި ކީއްހެއްޔެވެ؟ ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަންވެސް ޙާޞިލުކުރެއެވެ. 

ދެން މިވާގޮތަކީ މިހުރިހާ ކަންކަން ވަމުންދާއިރުވެސް އުފާވެރިކަމަށް މާބޮޑު ޝައުޤުވެރިކަމެއް ނެތް މީހުން ދެއަތް އުރާލައިގެން ހަމަ އެހެން ތިބެފައި އައިސް ބުރަމަސައްކަތުން އުފާވެރިކަން ހޯދި މީހާގެ އުފާވެރިކަން ޖަހައިގަންނަން އެބަ ބޭނުންވެއެވެ. އެހިސާބުން ކަންތައްތައް އެފެށުނީއެވެ. ހަސަދަލާނެއެވެ. ސިހުރު ހާހޫރަ ހައްދުވާނެއެވެ. މުދައުކޮޅެއް ހޯދިފައި ހުރިހަމަ އެ މުދައުކޮޅު ބޭނުންވާނެއެވެ. އަނބިދަރިން ތިބި ނަމަ ދަރިންކޮޅު ބޭނުމެއް ނުވާނެއެވެ. ނަމަވެސް އަނބިމީހާ ބޭނުންވާނެއެވެ.

ހަޤީޤަތަށް ބަލައިފިނަމަ ހަސަދަވެރިންގެ ތެރޭގައި ގިނަވާނީ ހިހޫތަނުންކާން ބޭނުންވާ މީހުންނެވެ. އެހެން ދެމަފަރިއަކު ބުރަ މަސައްކަތުން ދިރިއުޅުން ހޯދުމުން އެކަމުގެ ތެރެއަށް ވަދެގަންނަން ބޭނުންވާ މީހުންނެވެ. ވީމާ މިކަންކަމުން ސަލާމަތްވެ ތިބުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. 

އެގޮތުން ކުރުން އެންމެ މުހިންމު އެއްކަމަކީ އެހެން މީހުންނަށް ސަމާލުކަން ދިނުމެވެ. ކޮންމެ މީހަކީވެސް ހަސަދަވެރިއަކަށް ވެދާނެ ކަމަށް ބަލައިގެން އުޅުމެވެ. އެއްވެސް މީހަކަށް މާބޮޑަށް އިތުބާރު ނުކުރުމެވެ. ހަމަ އެއާއިއެކު ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކާއި އެނޫންވެސް ސިއްރުތައް ހަމަ އެކަކާއިވެސް ޙިއްޞާ ނުކުރުމެވެ. އެއްވެސް މީހަކީ ކޮންމެ ވަގުތަކުވެސް ތިމާއަށް ކޮންމެ ފަދަ ގެއްލުމެއްވެސް ނުދޭނެ މީހެއް ކަމުގައި ނުބަލާށެވެ.

އެހެން މީހުންނާއި ގުޅުން ވަރުގަދަކުރުމުގެ ބަދަލުގައި ދެމަފިރިންގެ ގުޅުންތައް ބަދަހިކުރަން މަސައްކަތްކުރާށެވެ! މީހަކު ކޮށްފާނެ ކަމަކުން ދެމަފިރިންގެ ގުޅުމަށް ބުރުލެއް ނާރާނެ ދެމަފިރިންގެ މެދުގައި އިތުބާރު އުފައްދައި އެކަން ދަމަހައްޓާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް