އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައްޤު ބަސް ބުނުމާ މުސްލިމުން ދުރުވަނީ ﷲ އިން ނުފުދޭތީ! މަށަށް ފުދޭ! މޯދީއަކަށް ނުވިކޭނަން!: ޒާކިރު ނައިކް

ޙައްޤު ބަސް ބުނުމާ މުސްލިމުން ދުރުވަނީ ﷲ އިން ނުފުދޭތީ! މަށަށް ފުދޭ! މޯދީއަކަށް ނުވިކޭނަން!: ޒާކިރު ނައިކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 58 ސިކުންތު

"މުސްލިމުން އަބަދުވެސް ބުނަން ޖެހޭނީ ޙައްޤު ބަހެވެ. ޙައްޤު ބަސް ބުނެވެން ނެތް ޙާލަތެއް ކުރިމަތިވެއްޖެ ނަމަ އަނގައިން ނުބުނެ ތިބޭށެވެ." ޑރ. ޒާކިރު ނައިކް މިމޭރުމުން ވިދާޅުވެފައިވަނީ އިންޑިއާގެ ޤާނޫނު އަސާސީއަށް ބަދަލު ގެނެސް ކަޝްމީރުގެ ރައްޔިތުންގެ ޙައްޤުތައް އަތުލައިގަތުމުން އެކަމަށް ތާއީދުކޮށް ވާހަކަދެއްކި ޢިލްމުވެރިންގެ ވާހަކަތަކާއި ގުޅިގެންނެވެ.

"އަހަރެން ޤަބޫލުކުރާ ގޮތުގައި އެމީހުން އެގޮތަށް ވާހަކަ ދެއްކީ ބްލެކްމޭލްވެގެން ތިބެ! ނޫނީ ކުރިމަތިވެދާނެ ކަންތައްތަކަކަށް ބިރުން ތިބެ. މަޖުބޫރުވެގެން ދެއްކި ވާހަކަތަކެއް އެއީ!" 

ޑރ. ޒާކިރު ނައިކް ވިދާޅުވީ ޤާނޫނު އަސާސީއަށް ބަދަލު ގެނެސް ކަޝްމީރުގެ ރައްޔިތުންގެ ޙައްޤުތައް އަތުލައިގެންފައިވާ ކަމަށާއި އެމައްސަލައިގައި އެނޫން ގޮތަކަށް ބަސްފުޅު ވިދާޅުނުވާނެ ކަމަށެވެ. އަދި އެއްވެސް މުސްލިމަކަށް މި ނޫން ގޮތަކަށް އެ މައްސަލައިގައި ބުނެވިގެންވެސް ނުވާނެ ކަމަށެވެ. 

ޑރ. ޒާކިރު ނައިކް ވިދާޅުވީ ކަޝްމީރުގެ މައްސަލައިގައި ބީޖޭޕީ އާއި އަދި ބޮޑުވަޒީރު މޯދީ އާއި ދެކޮޅަށް ބަހެއް ނުބުނަން މޯދީގެ މަންދޫބަކު މެލޭސިޔާއަށް ގޮސް ބައްދަލުކޮށް އެތައް ގަޑިއިރަކު މަޝްވަރާވެސް ކުރި ކަމަށެވެ. އަދި ސަލާމަތްކަމާއިއެކު އިންޑިއާއަށް ގެންދަންވެސް ހުށަހެޅި ކަމަށެވެ. 

"ފުރަތަމަވެސް އަހަރެންގެ ހިތުގައި ވަރަށް ގިނަ ސުވާލުތައް އުފެދުނު. ތިން އަހަރާއި ބައި ވަންދެން އަހަރެންގެ ބޮލުގައި ޙަޤީޤަތާއި ޚިލާފް ދޮގު އިލްޒާމްތައް އަޅުވާފައި ކުއްލިއަކަށް އެކަންކަން ބަދަލުކޮށް ބޮޑެތި ޢިނާޔަތްތައް ދޭން އުޅޭ ސަބަބާއިމެދު." 

ޑރ. ޒާކިރް ނައިކް ވިދާޅުވީ އެއިން އެއްވެސް ހުށަހެޅުމެއް ޤަބޫލުފުޅު ނުކުރެއްވެވީ މި އާޔަތް އޮތުމުން ކަމަށެވެ. ހަމައެކަނި ﷲ ތަޢާލާ އިން ފުދިވަޑައިގެން ހުންނެވުމުން ކަމަށެވެ. 

"ﷲ، އެކަލާނގެ އަޅާއަށް ފުދޭކަމުގައި ނުވޭހެއްޔެވެ؟ އަދި އެއުރެން އުޅެނީ އެކަލާނގެ ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެތިން ކަލޭގެފާނު ބިރުގެންނެވުމަށެވެ. އަދި ﷲ މަގުފުރައްދަވާ މީހަކަށް ތެދުމަގުދައްކާނޭ އެކަކުވެސް ނުވެތެވެ." (އައްޒުމަރު: 36) 

ގުޅުންހުރި ވީޑިއޯ:

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް