އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ދެކެ ލޯބިވާނަމަ ފުރަތަމަ ކަމަކަށް ދަރިންނަށްޓަކައި ހެޔޮ ދުޢާ ކޮށްދެވޭނެ ބައަކަށް ވާށެވެ! އެފަދަ މީހުން މިއަދު ވަރަށް މަދެވެ!

ދަރިން ދެކެ ލޯބިވާނަމަ ފުރަތަމަ ކަމަކަށް ދަރިންނަށްޓަކައި ހެޔޮ ދުޢާ ކޮށްދެވޭނެ ބައަކަށް ވާށެވެ! އެފަދަ މީހުން މިއަދު ވަރަށް މަދެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

އިސްލާމް ދީނަށް ބަލައިފިނަމަ ޝަހާދަތް ދުލުން ކިޔައިފި މީހަކީ އިސްލާމެކެވެ. ނަމަވެސް އޭނާ މުއުމިނަކަށްވަނީ ޝަހާދަތް ފުރިހަމަ ގޮތުގައި ޤަބޫލުކުރުމުންނެވެ. ޝަހާދަތް ފުރިހަމަ ގޮތުގައި ޤަބޫލުކުރުމަކީ އިސްލާމް ދީނަށް އަމަލުކުރުމެވެ. 

އަޅުގަނޑުމެން ކޮންމެ މީހަކުވެސް ކަމަކަށް އެދި ދުޢާކުރާނަމަ އެންމެ ފުރަތަމަ ޝަރުޠަކީ އިސްލާމް ދީނަށް ޢަމަލުކުރަމުންދާ މީހަކު ކަމުގައިވުމެވެ. އެހެނީ ﷲ ތަޢާލާއަށް ކިޔަމަންތެރި އަޅަކު ކަމުގައި ވެވޭނީ އިސްލާމް ދީނަށް ޢަމަލުކޮށްގެންނެވެ. ނޫން ނަމަ ޝަހާދަތް ކިޔައިގެން ހުރި ނަމަވެސް އެމީހަކީ ﷲ ތަޢާލާއަށް ކިޔަމަންތެރި އަޅަކު ކަމުގައެއް ނުވާނެއެވެ. 

އަހަރެން ވަކިގޮތަކަށް ބުނާކަށް ނެތީމެވެ! އަދި ސުވާލުކޮށް ޖަވާބު ހޯދާކަށް ވެސް ނެތީމެވެ. ނަމަވެސް މިތަނުގައި އެތައް ހާސް މީހުން އެއްވެ ތިބި އިރު ތިއަބައިމީހުންގެ ތެރެއިން އެންމެ ކުޑަމިނުން ދުވާލުގެ 5 ނަމާދު ކުރެވެނީ ކިތައް މީހުންނަށް ކަމާއިމެދު އަހަރެން ސުވާލުކޮށްފިނަމަ 5 ނަމާދު ކުރާ ކަމަށް ބުނެވޭނީ ކިތައް މީހުންނަށް ބާވައެވެ! 

ކޮންމެއަކަސް ކޮންމެ މީހަކުވެސް ނުހަނު ބުރަ އުފުލައިގެން އަދި ބޮޑު ޚަރަދުކޮށްގެން ދަރިން ސްކޫލަށް ގެންދާއިރު އެކުދިން އެތިބެނީ އެކުދިންނަށް އެންމެ މުހިންމު ކަންތަކުން މަޙްރޫމްވެފައެވެ. އެއީ ތިއަބައިމީހުންގެ ހެޔޮ ދުޢާއެވެ. ދަރިންނަށް ލޯބިން ދޭ އަގުބޮޑު ހަދިޔާތަކަށްވުރެ އެކުދިންނަށް މުހިންމުވާނީ މައިންބަފައިންގެ ހެޔޮ ދުޢާއެވެ. އަހަރެން ދެކޭ ގޮތުގައި ދަރިން ދެކެ ލޯބިވުން ފުރިހަމަވާނީ ދަރިންނަށްޓަކައި ހެޔޮ ދުޢާ ކުރި މިންވަރަކުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް