އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒިނޭކުރުމުން ރަޖަމްކުރަން އޮތްއިރު ރޭޕްކުރާ މީހާގެ ނުބައިކަން މާބޮޑު! މަރުގެ އަދަބު ދިނުން ހުއްދަ!: ޝައިޚް ޝާފިޢު

ޒިނޭކުރުމުން ރަޖަމްކުރަން އޮތްއިރު ރޭޕްކުރާ މީހާގެ ނުބައިކަން މާބޮޑު! މަރުގެ އަދަބު ދިނުން ހުއްދަ!: ޝައިޚް ޝާފިޢު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

ދެމީހުންގެ ރުހުމުގައި ނަމަވެސް މުޙްޞަނަކު ޒިނޭކޮށްފިނަމަ ޙުކުމަކީ ރަޖަމްކުރުން ކަމުގައިވާއިރު ބިރުދައްކައިގެން ގަދަބާރުން މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަންނަ (ރޭޕްކުރާ) މީހާގެ ނުބައިކަން ކިހާ ބޮޑުވެގެން ވާނެ ހެއްޔެވެ؟

އަދި އެއަށްވުރެވެސް ނުބައިވެގެންވަނީ ތިމާގެ އަމިއްލަ ލޭހިނގާ، ތިމާ އެބައެއްގެ ޙިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުން ވާޖިބުވާ ތިމާގެ ދަރިން ނުވަތަ އެނޫންވެސް މީހެއްގެ، އަދި ކިއެއް އަމިއްލަ ރައްކާތެރިކަން ހޯދޭނެހާ އާރެއް ބާރެއް ނެތް ތުއްތު ކުދިންގެ ޢިއްފަތްތެރިކަމަށް އަރައިގަތުމެވެ.

މިފަދަ ކަންކަން ކުރާ މީހުންގެ މައްޗަށް ޝަރީޢަތުގައިވާ ގޮތަށް ކުށް ޘާބިތުކޮށް، ރަޖަމު ކުުރުމަށް، ނުވަތަ ދަން ޖައްސާ މެރުމަށް ނުވަތަ އެނޫންވެސް ގޮތްގޮތަށް އަދަބުދީ މެރުން އިސްލާމީ ޝަރީޢަތުގައި ހުއްދަކުރައްވާފައި ވެއެވެ.

--ޝައިޚް މުޙައްމަދު ޝާފިޢު

ތިރީގައި މިވާ ލިޔުމަކީ ރޭޕްކުރުމާއިބެހޭ ގޮތުން ޝައިޚް މުޙައްމަދު ޝާފިޢު ލިޔުއްވާފައި ލިޔުއްވުމެވެ.

ރޭޕްކުރުމަކީ ޒިނޭކުރުމަށްވުރެވެސް ބޮޑު ޖަރީމާއެއް.

ޒިނޭގެ ފާޙިޝް ޢަމަލުގެ ނުބައިކަމާއި ބޮޑުކަމުން، އިސްލާމްދީނުގައި އެންމެ ބޮޑު ޙުކުމެއް ކަނޑައެޅިފައިވާ އެއް ފާފައަކީ ޒިނޭކުރުމެވެ. އެގޮތުން މުޙްޞަނަކު (ޞައްޙަ ކައިވެންޏަކުން ކައިވެނިކޮށް، ކައިވެނީގެ އުފާ ލިބިގެންފައިވާ މީހަކު) ޒިނޭކޮށްފިނަމަ އެމީހެއްގެ މައްޗަށް އޮތް ޙައްދަކީ ރަޖަމުކުރުމެވެ.

އެއީ އަދި ދެމީހުންގެ ރުހުމުގައެވެ. ދެން އެހެންވީއިރު ބިރުދައްކައިގެން ގަދަބާރުން މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަންނަ މީހާގެ ނުބައިކަން ކިހާ ބޮޑުވެގެން ވާނެ ހެއްޔެވެ؟

އަދި އެޔަށްވުރެވެސް ނުބައިވެގެންވަނީ ތިމާގެ އަމިއްލަ ލޭހިނގާ، ތިމާ އެބައެއްގެ ޙިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުން ވާޖިބުވާ ތިމާގެ ދަރިން ނުވަތަ އެނޫންވެސް މީހެއްގެ، އަދި ކިއެއް އަމިއްލަ ރައްކާތެރިކަން ހޯދޭނެހާ އާރެއް ބާރެއް ނެތް ތުއްތު ކުދިންގެ ޢިއްފަތްތެރިކަމަށް އަރައިގަތުމެވެ.

މިފަދަ ކަންކަން ކުރާ މީހުންގެ މައްޗަށް ޝަރީޢަތުގައިވާ ގޮތަށް ކުށް ޘާބިތުކޮށް، ރަޖަމު ކުުރުމަށް، ނުވަތަ ދަން ޖައްސާ މެރުމަށް ނުވަތަ އެނޫންވެސް ގޮތްގޮތަށް އަދަބުދީ މެރުން އިސްލާމީ ޝަރީޢަތުގައި ހުއްދަކުރައްވާފައި ވެއެވެ.

ނޯޓް:

ދަންނާށެވެ. ﷲ އާއި އެއިލާހުގެ ރަސޫލާއާއި ދީނުގެ ކަންކަމަށް އިންކާރުކޮށް ފުރައްސާރަކުރުމަކީ ރޭޕް ކުރުމަށްވުރެވެސް ބޮޑު ފާފައެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް