އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީންގެ އިތުރު މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމުގެ ތުހުމަތު!

ރައީސް ޔާމީންގެ އިތުރު މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމުގެ ތުހުމަތު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

މަނީ ލޯންޑަރިން މައްސަލައިގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ އިތުރު މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ތުހުމަތުކޮށްފިއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި ހަރަކާތްތެރިވާ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިން ރޭޕްކުރުމާ އަދި ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާ ގުޅިގެން ފުލުހުންގެ އިހުމާލު އޮތްކަން އެނގިފައިވާ ކަމަށާއި ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަމާލުކަން އަނބުރާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ރައީސް ޔާމީންއާ ދިމާލަށް މިސްރާބު ހިފައި އިތުރު މައްސަލަތަކެއް ތަޙުޤީގް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މި މައްސަލަތައް ވެސް ތަހުގީގު ކުރަމުން ދަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތު ހަތިޔާރަކަށް ހަދައިގެން ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ