އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފައިދިގު މަކުނުގެ ވިހަގަދަ ވައްތަރެއް ކަމުގައިވާ "ބްރައުން ވިޑޯ" މާފުށިން ފެންނަން ފަށައިފި! ސަމާލުވޭ!

ފައިދިގު މަކުނުގެ ވިހަގަދަ ވައްތަރެއް ކަމުގައިވާ "ބްރައުން ވިޑޯ" މާފުށިން ފެންނަން ފަށައިފި! ސަމާލުވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ފައިދިގު މަކުނުގެ ވިހަގަދަ ވައްތަރެއް ކަމުގައިވާ "ބްރައުން ވިޑޯ" ފައިދިގު މަކުނު، ކ. މާފުށިން ފެންނަން ފަށައިފި ކަމަށާއި އެހެންކަމުން ރައްކާތެރިވެ ތިބުމަށް އެރަށު ކައުންސިލުންނާއި ހެލްތު މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

މާފުށީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާފުށީގެ އެކި ސަރަހައްދުތަކުންނާއި ގެދޮރުން ފެންނަމުންދާ މަކުނަކީ "ބްރައުން ވިޑޯ ސްޕައިޑާ" ކަން ހެލްތު މިިނިސްޓްރީގެ ވެކްޓަ ކޮންޓްރޯލް ޔުނިޓުން ކަށަަވަރުކޮށްދީފައިވާ ކަމަށެވެ. އެ ވައްތަރުގެ މަކުނު ނައްތައިލުމަށް ބޭނުން ކުރެވޭނީ ކޮން ކެމިކަލެއްތޯ ބަލަމުން ހެލްތުން ބަލަމުން އަންނަ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

ރާއްޖޭގައި ކުރިން ނޫޅޭ ވައްތަރެއްގެ ފައިދިގުމަކުނެއް މިހާރު މާފުށީގައި އުޅެމުން އަންނަކަން ހާމަވުމުން، އެކަން ބަލަމުން އަންނަ ކަމަށް ވެސް މާފުށީ ކައުންސިލުން ބުނެފައިވެއެވެ.

ބްރައުން ވިޑޯ އަކީ ރާއްޖެއިން ކުރިން ފެނުނު ބްލެކް ވިޑޯއަށް ވުރެ ވަރުގަދަ ވިހައެއް ހުންނަ ބާވަތެކެވެ. އެކަމަކު ކަށިޖެހުމުގައި ދޫކުރާ ވިހައިގެ މިންވަރު މަދުވުމުން އެއީ، ބްލެކް ވިޑޯއަށް ވުރެ އިންސާނުންނަށް ނުރައްކާތެރިކަން ކުޑަ އެއްޗެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް