އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޞަދަޤާތް ދިނުމަކީ އަމުރުފުޅެކެވެ! ނުކުރާ މީހުންނަށް މިއޮތީ ހާދަ ވަރުގަދަ އިންޒާރުގެ ބަސްފުޅެކެވެ!

ޞަދަޤާތް ދިނުމަކީ އަމުރުފުޅެކެވެ! ނުކުރާ މީހުންނަށް މިއޮތީ ހާދަ ވަރުގަދަ އިންޒާރުގެ ބަސްފުޅެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

"އޭ މިތިބަމީހުންނޭވެ! ތިއަބައިމީހުން ތިއަތިބީއެވެ. ﷲ ގެ މަގުގައި ހޭދަކުރުމަށް ތިއަބައި މީހުންނަށް ގޮވައިލައްވަތެވެ. އެހިނދު، ދަހިވެތިވާ މީހުން ތިއަބައިމީހުންގެ ތެރެއިންވެއެވެ. އަދި، ދަހިވެތިވާ މީހާ (ދަންނާށެވެ!) ފަހެ، އޭނާ ދަހިވެތިވާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފުސުގެ ފަރާތުންނެވެ. ﷲ އީ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި ފަޤީރުންނަކީ ތިއަބައިމީހުންނެވެ. އަދި ތިއަބައިމީހުން އެނބުރި ފުރަގަސްދޭނަމަ، ތިއަބައިމީހުންގެ ބަދަލުގައި ތިއަބައިމީހުން ނޫންބައަކު، އެކަލާނގެ ގެންނަވާހުށްޓެވެ. ދެން، ތިއަބައިމީހުންފަދަ ބައަކު ކަމުގައި އެއުރެން ނުވާނެތެވެ." (މުޙައްމަދު: 38) 

މިއާޔަތުން އެނގެން މިދަނީ ޞަދަޤާތް ދިނުމަކީ ﷲ ތަޢާލާގެ އަމުރުފުޅެއް ކަމެވެ. ޞަދަޤާތް ދިނުމަށް ﷲ ތަޢާލާ އަމުރުފުޅުކުރައްވަވަނީ ތިއަބައިމީހުންގެ މުދަލަކުން ނޫނެވެ! ތިއަބައިމީހުންނަށް ﷲ ތަޢާލާ ދެއްވެވި ތަކެތިންނެވެ. ޞަދަޤާތް ދިނުމަށް އަމުރުފުޅު ކުރައްވަވަނީ ނިޢްމަތްތައް ދެއްވެވުމަށްފަހު އެ ނިޢްމަތްތަކުންނެވެ. 

އަހަރެމެން އެއްވެސް މީހަކަށް ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކުން އެއްވެސް މިންވަރެއް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެންނެއް ނުވެއެވެ. ޞަދަޤާތްކުރަންވީ އަހަރެމެންގެ ފައިދާއަށެވެ. " އަދި، ދަހިވެތިވާ މީހާ (ދަންނާށެވެ!) ފަހެ، އޭނާ ދަހިވެތިވާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފުސުގެ ފަރާތުންނެވެ. ﷲ އީ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި ފަޤީރުންނަކީ ތިއަބައިމީހުންނެވެ." އޮތް އޮތުމުން މިކަންކަން އެނގިގެންދެއެވެ. 

ދެން މިއޮތީ ޞަދަޤާތް ނުކުރާ މީހުންނަށް އޮތް އިންޒާރުގެ ބަސްފުޅެވެ. "އަދި ތިއަބައިމީހުން އެނބުރި ފުރަގަސްދޭނަމަ، ތިއަބައިމީހުންގެ ބަދަލުގައި ތިއަބައިމީހުން ނޫންބައަކު، އެކަލާނގެ ގެންނަވާހުށްޓެވެ. ދެން، ތިއަބައިމީހުންފަދަ ބައަކު ކަމުގައި އެއުރެން ނުވާނެތެވެ." 

މީސްތަކުންނޭވެ! މިއީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރަން ދަހިވެތިވާ މީހުންނަށް އޮތް އިންޒާރުގެ ބަސްފުޅެކެވެ. ވިސްނައި ބިރުވެތިވާށެވެ! ދަހިވެތިވާންވީ އަތުގައި ހުރި މުދަލާއި ފައިސާޢަކަށް ނޫނެވެ. ދަހިވެތިވާންވީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމުން އެކަލާނގެ ދެއްވަވާނެ ނިޢްމަތްތަކަށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

  

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް