އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިންބަފައިންނަށްޓަކައި އަދާކުރުމުން ތިބާއަށްވެސް ނުހަނު ފައިދާކުރާނެ 4 ޙައްޤެއް ވެއެވެ!

މައިންބަފައިންނަށްޓަކައި އަދާކުރުމުން ތިބާއަށްވެސް ނުހަނު ފައިދާކުރާނެ 4 ޙައްޤެއް ވެއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

މައިންބަފައިން މަރުވުމުން އެމީހުންނަށްޓަކައި ހެޔޮ ދުޢާކުރުމަކީ ކުރަން އޮތް ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް ފުރަތަމަ ކަމަކަށް އެމީހުން ދުނިޔޭގައި ތިއްބައި އެމީހުންނަށް އަޅައިލުމާއި ލޯބި ދޭށެވެ! އެއިރުން އެމީހުން ތިބާގެ މައްޗަށް ކުރުން ގިނަވާނެއެވެ. އެކަމުގެ ސަބަބުން ﷲ ތިބާއަށް ހެޔޮ ރަޙްމަތް އިތުރުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ 

މައިންބަފައިން މަރުވުމުން އަވަސްވެގަންނަންވީ އެމީހުން ދޫކުރި މުދައުތައް ލިބިގަތުމަކަށް ނޫނެވެ. ފުރަތަމަކަމަކަށް ކުރަން އޮތް ކަމަކީ އެމީހުންގެ ދަރަނިތައް އަދާކުރުމެވެ. ކެރިކުޅަދާނަވެގެންވާނަމަ ވަޅުލުމުގެ ކުރިންވެސް އެކަން ކުރާށެވެ! ކައްވަޅުގެ ހަމަޖެހުން ހޯދައިދޭން ވެސް ކުރުން އެންމެ މުހިންމު އެއް ކަމަކީ އެއީއެވެ. 

މައިންބަފައިން ދުނިޔެ ދޫކުރުމުން އެމީހުންގެ ގާތްތިމާގެ މީހުންގެ އިތުރުން އެމީހުންގެ ރަޙްމަތްތެރިންނަށްވެސް ހެޔޮކޮށް ހިތާށެވެ! މައިންބަފައިންނަށް ލޯބިދީ ހެޔޮކޮށް ހިތި ފަދައިން މައިންބަފައިންނަށް ހެޔޮކޮށް ހިތައި އެހީތެރިވި މީހުންނަށްވެސް ހެޔޮކޮށް ހިތާށެވެ! 

މީގެ އިތުރުން މައިންބަފައިން ދުނިޔޭގައި ތިބި ނަމަވެސް އަދި މަރުވުމުންވެސް އެމީހުންނަށްޓަކައި ވީހައި ގިނައިން ޞަދަޤާތްކުރާށެވެ! އެކަމުގެ ސަބަބުން އެމީހުންގެ ފާފަތައްވެސް އަދި ތިބާގެ ފާފަތައް ވެސް ފުއްސަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް