އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުރައްކާތެރި ބްރައުން ވިޑޯ ފައިދިގު މަކުނު ހުރާ އާއި ތުލުސްދޫއިން ވެސް ފެނިއްޖެ!

ނުރައްކާތެރި ބްރައުން ވިޑޯ ފައިދިގު މަކުނު ހުރާ އާއި ތުލުސްދޫއިން ވެސް ފެނިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ފައިދިގުމަކުނުގެ ނުރައްކާތެރި ވައްތަރެއް ކަމަށްވާ "ބްރައުން ވިޑޯ" ފައިދިގު މަކުނު ކ. މާފުށިން ފެނިފައިވާއިރު، ކ. ހުރާ އާއި ތުލުސްދޫގައި އިންވެސް މިބާވަތުގެ ފައިދިގުމަކުނު ފެނިފައިވާކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާފުށިން ފެނުނު މަކުނުތަކެއްގެ ސާމްޕަލް މިނިސްޓްރީ އޮފް ހެލްތަށް ފޮނުވުމުން އެއީ ބްރައުން ވިޑޯ ތަކެއްކަމަށް އެމިނިސްޓްރީގެ ވެކްޓޯ ކޮންޓްރޯލް ޔުނިޓުން ކަށަވަރު ކޮށްދީފައިވަނިކޮށް، ފާއިތުވި 24 ގަޑިއުރ ތެރޭގައި މިބާވަތުގެ އިތުރު މަކުނުތަކެއް ހުރާ އަދި ތުލުސްދޫ އިން ވެސް ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިރަށްތަކުގެ ކައުންސިލުންނާއި ފުލުހުން އަދި ކަމާއިބެހޭ އެހެނިހެން އިދާރާތައް ގުޅިގެން މިމަކުނުތައް ނައްތާލުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ހެލްތު މިނިސްޓްރީގެ ވެކްޓޯ ޔުނިޓުން އަންގާފައިވަނީ އެބާވަތުގެ މަކުނެއް ނުވަތަ މަކުނު ބިސް ފެނިއްޖެނަމަ ހަންހުރަހެއް މެދުވެރިކޮށް ނެގުމަށްފަހު، ފެނުނު ތަކެތި އަންދާލުމަށެވެ.

މިދުވަސްކޮޅަކީ ކ. އަތޮޅުގެ ބައެއް ރަށްތަކުން ނުރައްކާތެރި ބްރައުން ވިޑޯ ފެންނަމުންދާ ދުވަސްކޮޅަކަށް ވާތީ ރައްޔިތުން ސަމާލުވެ ތިއްބެވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް