އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނެއްކާވެސް ޖިންސީ ގޯނާގެ މައްސަލައެއް! މިފަހަރު އުމުރުން އެންމެ 3 އަހަރުގެ ކުއްޖަކަށް!

އަނެއްކާވެސް ޖިންސީ ގޯނާގެ މައްސަލައެއް! މިފަހަރު އުމުރުން އެންމެ 3 އަހަރުގެ ކުއްޖަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

އުމުރުން ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފެންމަތިވެފައި ވަނިކޮށް، އަނެއްކާވެސް ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޗަލަކު ވިދާޅުވީ މެދު ދެކުނު ސަރަހައްދުގައި ހިމެނޭ ރަށެއްގައި އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކާއިމެދު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނަކު، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވިގޮތުގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިމިވަނީ މިއަދު މެންދުރު 13:00 ގައެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން އިތުރު ތަފްސީލެއް ދެއްވާފައި ނުވިނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަމުން އަންނަ މައްސަލަތައް ދުވަހުން ދުވަހަކަށް މިދަނީ ފެންމަތިވަމުންެނެވެ.

އެގޮތުން މިމަަހުގެ 16 ވަނަ ދުވަހު ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުފުރޭ ކުޑަކުއްޖަކަށް އެކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާކުރަމުން އައި ކަމުގެ މައްސަލައާއެކު މުޅި ޤައުމު ސިއްސުވާލިއިރު، އޭގެ ފަހުން ހަމައެރަށުގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 80 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރު ކޮށްފައެވެ. އަދި ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުމުރުން 56 އަހަރުގެ ފިރިހެނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ