އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެ ދުނިޔެ ކާމިޔާބުކުރަން އެދޭ މީހާ އިޙްޞާންތެރިކަން އިސްކުރާށެވެ! ﷲ ގެ ލޯބިވެވޮޑިގަތުން ލިބިގަތުމަށެވެ!

ދެ ދުނިޔެ ކާމިޔާބުކުރަން އެދޭ މީހާ އިޙްޞާންތެރިކަން އިސްކުރާށެވެ! ﷲ ގެ ލޯބިވެވޮޑިގަތުން ލިބިގަތުމަށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

"ﷲ ގެ މަގުގައި ތިއަބައިމީހުން ހޭދަކުރާށެވެ! އަދި ތިއަބައިމީހުންގެ އަތްތަކުން ތިއަބައިމީހުންގެ ނަފްސްތައް ހަލާކުގެ ތެރެއަށް އެއްލައިނުލާށެވެ! އަދި އިޙްސާންތެރިވާށެވެ! ހަމަކަށަވަރުން، އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (އަލްބަޤަރާ: 195)

އިޙްސާންތެރިކަމުގެ މާނަ އެނގެނީވެސް މިހާރު ވަރަށް މަދު މީހަކަށެވެ. އެހެންކަމުން އިޙްޞާންތެރިވުމަކީ ކިހައިވަރެއްގެ މުހިންމު ކަމެއްކަން ވިސްނެނީވެސް ވަރަށް މަދު މީހަކަށެވެ.  

އިޙްސާންތެރިކަމުގެ މާނަ ފޮތުގައި އޮންނަނީ އިޙްޞާންތެރިކަމަކީ ތިމާއަށް ﷲ ތަޢާލާ ނުފެނުނު ކަމުގައިވީނަމަވެސް ތިމާއަށް ﷲ ތަޢާލާ ފެންނަ ނަމަވެސް އަޅުކަންކުރާނެހައި ފުރިހަމައަށް އަޅުކަން ކުރުމަށެވެ. "ﷲ ތަޢާލާ ދެކެދެކެ ހުރެ" އަޅުކަންކުރާ ފަދައިން އަޅުކަން ކުރުމަށެވެ.

އެގޮތަށް ބަޔާންކޮށްފައި އެވަނީ އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި އިޙްސާންތެރިކަމުގެ މާނައެވެ. 

އިޙްޞާންތެރިވުމަކީ އެމީހަކު ކުރާ ކޮންމެ ޢަމަލެއްގައިވެސް އިޙްޞާންތެރިވުމެވެ. ކުރާ ކޮންމެ ކަމެއްގައިވެސް އިޙްޞާންތެރިވުމެވެ. ފުރަތަމަ ކަމެއްގެ ގޮތުން އޮތީ ﷲ ތަޢާލާއަށް އިޙްޞާންތެރިވުމެވެ. ޢާއިލީ ދިރިއުޅުމުގައިވެސް އިޙްޞާންތެރިވުމެވެ. ކުރާ މަސައްކަތުގައިވެސް އިޙްޞާންތެރިވުމެވެ. އަދާކުރާ ވަޒީފާގައިވެސް އިޙްޞާންތެރިވުމެވެ.  

ފުރަތަމަ ކަމަކަށް ޙަޤީޤީ އިޙްޞާންތެރިއަކު ފާފަކުރަން އިންތިހާއަށް ބިރުގަންނާނެއެވެ. ތިމާކުރާ އަމަލު ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން އިޙްޞާޞް ކުރެވޭތީއެވެ. ޢާއިލީ ދިރިއުޅުމަށް ބަލައިފިނަމަ ދެމަފިރިން އެކަކު އަނެކަކަށް އިޙްޞާންތެރިވާނެއެވެ. ދެމަފިރިން އެކަކު އަނެކަކަށް އިޙްޞާންތެރިވުމަކީ ފިރިމީހާ ނުވަތަ އަނބިމީހާ ފެންނަން ނެތްތަނެއްގައި ނަމަވެސް އޭނާ ރުޅިއަތުވެދާނެ އެއްވެސް އަމަލެއް ނުކުރުމެވެ. ބޭވަފާތެރިނުވުމެވެ.  

ދިރިއުޅެން ކުރާ މަސައްކަތުގައި އިޙްޞާންތެރިވުމަކީ މަކަރު ނުހެދުމެވެ. ވަޒީފާގައި އިޙްޞާންތެރިވުމަކީ މުސާރަ ދޭ މީހާ ފެންނަން ނެތް ނަމަވެސް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއިއެކުގައި މަސައްކަތްކުރުމެވެ. ޒިންމާދާރުކަމާއިއެކު މަސްއޫލިއްޔަތު އަދާކުރުމެވެ.  

ހިތާމައަކީ މި މުހިންމު ސިފަ އާއި މީސްތަކުން ދުރުހެލިވެފައިވާ ކަމެވެ. ވަރަށް މަދު މީހެއްގެ ކިބައިގައި ނޫނީ އިޙްޞާންތެރިކަން ނެތްކަމެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ތިމާއަށް އެ ދޫކޮށްލެވެނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގަންނަން އޮތް ކިހައި މަތިވެރި ފުރުޞަތެއްކަމާއިމެދު ވިސްނައިލާ މީހާ އަބަދުވެސް އިޙްޞާންތެރިވާނެއެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް