އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޅި ދުނިޔެ ލިބިފައި ނެތް މީހަކު މަދެވެ. ޝުކުރުވެރިވެވޭ ހެއްޔެވެ؟

މުޅި ދުނިޔެ ލިބިފައި ނެތް މީހަކު މަދެވެ. ޝުކުރުވެރިވެވޭ ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

"އިރުއެރިއިރު އެދުވަހުގެ ތިބާ އާއި ޢާއިލާގެ ފުރާޤު (ހައިހޫނުކަން ފިލުވައި ލެވޭވަރަށް ކާތަކެތި) ގޭގައި ހުރިނަމަ ތިބާއަށް އެވަނީ މުޅި ދުނިޔެ ލިބިފައެވެ." 

މީސްތަކުންނޭވެ! ކަން އޮތް މަގަކީ މިއީއެވެ. ނަމަވެސް މިއަދު ހަމަ ގިނަ ބައަކު އެމީހުންގެ މުޅި ދުވަސް ހޭދަކޮށްލަނީ އެމީހުންގެ ތަނަވަސްކަން އިތުރުކުރުމަށެވެ. ފައިސާ ޖަމާކުރުމުގައެވެ. ފުދިފައި ހުރި ބޭނުންތައް އިތުރަށް ފުރިހަމަކުރުމަށެވެ. 

އިސްލާމް ދީނަކީ ދުނިޔޭގައި ވެސް އުފަލުގައި އުޅުމަށް ހިތްވަރުދޭ ދީނެކެވެ. ނަމަވެސް އުފަލުގައި އުޅުމުގެ ބޭނުމުގައި ﷲ ތަޢާލާގެ މަތިން ހަނދުމަ ނެތިކޮށްލައި އުފާވެރިކަން ލިބިގަންނަން މަސައްކަތްކުރާނަމަ އެމީހަކަށް އެވަނީ ދުނިޔެއަށް އޭނާ ފޮނުއްވެވި ބޭނުންވެސް ހަނދުމަނެތިކޮށްލެވިފައެވެ. ޢާޚިރަތްމަތިން މުޅިން ހަނދުމަނެތިކޮށްލެވިފައެވެ. 

މީސްތަކުންނޭވެ! ޝުކުރުވެރިވާށެވެ! ހިތެއް ނުފުރޭނެއެވެ! ނަމަވެސް ހެޔޮކަމުގެ ފަތަށް ބަރުކުރަން އެބަ ޖެހެއެވެ. އެކަން ނުކޮށް ސަލާމަތްކަމެއް ނެތެވެ. ބުއްދިވެރިންނަކީ ޝުކުރުވެރިވާ ޙާލު ނިޢްމަތްތައް އިތުރުކުރަން މަސައްކަތްކުރާ މިހުންނެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް